މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ ދެފިޔަވަހި ނިންމާ ރަސްމީކޮށް ހުޅުވައިފި
މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ ދެވަނަ ފިޔަވައްސަށްފަހު ހުޅުވުމުގެއް ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ ދެފިޔަވަހި ނިންމާ ރަސްމީކޮށް ހުޅުވައިފި

މިހާރު ބޮޑަތި ބޯޓްތައް ޖެއްސޭނެ

5 hours ago - 12:45
Jul 8, 2025 - 12:45
Advertisement
Advertisement

މާފަރު އިންތަރނޭޝަނަލް އެއަޕޯރޓްގެ ދެފިޔަވަހި ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ. ރާއްޖެއަށް ޖައްސާ އެންމެ ބޮޑަތި ބޯޓްތައް ޖެއްސޭވަރަށް ތަރައްޤީކޮށް މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް ހުޅުވަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުއެވެ. އެއަޕޯރޓް މަޝްރޫއު ކުރިއަށް ގެންދިޔައީ އަބޫދާބީ ފަންޑްގެ އެހީގައެވެ. އެއަޕޯރޓް ނިންމާ ހުޅުވުމުގެ ރަސްމިއްޔާތުގައި އަބޫދާބީ ފަންޑްގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިފެންނެވިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ މަސައްކަތް ކުރިއަށްގެންދިޔައީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. 2018 ވަނަ އަހަރު ފެށި އެއަޕޯރޓްގެ ފުރަތަމަ ފިޔަވަހި ނިންމާ ޚިދުމަތްދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއީ 2200 މީޓަރުގެ ރަންވޭއަކާ އެކުއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފިޔަވަހީގެ ދަށުން ވައިޑްބޮޑީ މަތިންދާބޯޓް ޖެއްސޭވަރަށް އެއަޕޯރޓް ބޮޑުކޮށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދެވަނަ ފިޔަވަހީގެ ދަށުން ރަންވޭއަށް 650 މީޓަރު އިތުރު ކުރިއެވެ. މިހާރު މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަކީ 777-އީއާރު 300 ފްލައިޓް ޖެއްސޭ އެއަޕޯޓެކެވެ. އެއަބަސްގެ ބޮޑަތި ބޯޓްތައް މިއެއަޕޯޓަށް ޖެއްސެއެވެ. އެކަން ކަށަވަރުކުރުމަށް އެމިރޭޓްސްގެ ފްލައިޓެއް ވަނީ ޓެސްޓް ފްލައިޓްގެ ގޮތުގައިވެސް ޖައްސާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement