ހިފާފައިވާ ހުޅަނގު އައްސޭރީގައި 1967 ގެ ފަހުން ހިންގާ އެންމެބޮޑު ބިންފޭރުން ކުރިއަށްދަނީ
ހިފާފައިވާ ހުޅނަގު އައްސޭރީގައި ޔަހޫދީ ސިފައިން ގެއެއް ބިމާހަމަކޮށްލާއިރު ފަލަޞްޠީނުގެ މީހަކު ބަލަހައްޓައިގެން. ފޮޓޯ: ރޮއިޓާސް

ހިފާފައިވާ ހުޅަނގު އައްސޭރީގައި 1967 ގެ ފަހުން ހިންގާ އެންމެބޮޑު ބިންފޭރުން ކުރިއަށްދަނީ

4 hours ago - 12:43
Jul 8, 2025 - 13:01

ގެއަށްދާން ހިތަށްއަރުވާލާ ކޮންމެ ފަހަރަކު, އަދި ގެއާ ކައިރިވީ ވަރަކަށް ސިފައިންގެ މީހަކު ތިބާއާ ދިމާއަށް ބަޑިދިއްކޮށްގެން ހުންނަ މަންޒަރު ހިތަށް ގެނެސްބަލާށެވެ. އެއީ އަދި ތިބާއަށް ތިބާގެ ގެ ކޮޅަށް ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއްވެސް ނެތް ހިނދުއެވެ. މިއީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަޞްޠީނު ރައްޔިތަކު ކޮންމެ, ހަމަ ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުރަންޖެހޭ އިހްސާސެކެވެ.

މި ލިޔުން ކިޔަމުންދާއިރު, މިހާރު, މިވަގުތުވެސް އިޒްރާއިލްއިން ދަނީ 1976 ގެ ފަހުން ކުރިއަށްގެންދާ އެންމެ ބޮޑު ބިންފޭރުމުގެ އަމަލު ހިންގަމުންެވެ. ފަލަޞްޠީނުގެ މީހުން އެމީހުންގެ ގެދޮރުން ނެރެލާ ގެތައް ސުންނާފަތިކޮށް އެބިން އެމީހުން އަތުލަމުން ދަނީ އިންޒާރެއް, ޖެހިލުމެއްނެތި އެމީހުންގެ ކާބަފައިގެ ވާރުތަ މުދާގަނޑެއް ފަދައިންނެވެ.

ޔަހޫދީ ސިފައިންގެ މި ޖަރީމާގައި ޖެނިން އަދި ތުލްކަރެމްގެ ބޮޑު ސަރަހައްދެއްގެ ތެރެއަށް ވަދެގަނެ, އެސަރަހައްދުތައް އެމީހުން ފޭރިގެންފިއެވެއެވެ. ނޫރް އައްޝާމް ރެފިއުޖީ ކޭމްޕް ހުސްކުރަން އަންގާ އެތަން އެމީހުންގެ ބާރުގެ ދަަށަށް ގެނެސްފިއެވެ. ބައެއްމީހުންނަށް އެމިީހުންގެ އަންނައުނާއާއި ހިފާ ގެންގުޅޭ ސާމާނު ގެންދަންލިބުނީ މަދު ގަޑިއިރުކޮޅެކެވެ.

އެ ތިން ސަރަހައްދުވެސް މިހާރު އޮތީ ޔަހޫދީ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. އެތަންތަނަށް އެނބުރި ދާން މަސައްކަތްކުރާ ކޮންމެ މީހެއްގެ ގަޔަށް ބަޑިޖަހާ ދަނީ މަރަމުންނެވެ. 

Advertisement
Advertisement

އެސަރަހައްދު ފުނޑާލާފައި އޮތީ ކިހާމިންވަރަކަށް ކަން އަންދާޒާ ކުރުމަކީ އުނދަގޫ ކަމެކެވެ. އެކަމަކު އާންމުންގެ ފަރާތުން ލިބުނު މައުލޫމާތާއި ސިފައިންގެ އަމުރުތަކާއެކު ގާތްގަނޑަކަށް ޖެނިން އިން 690 ގެއެއް އެއްކޮށް ބިމާހަމަކޮށް, 340 ގެއެއް ބިމާ ހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ތުލަކަރެމް އިން 285 ގެއެއް އެއްކޮށް ބިމާހަމަކޮށްލާފައިވާއިރު. އިތުރު 400 ގެއެއް ހަލާކުކޮލުމުގެ އަމުރު ސިފައިން ވަނީ ނެރެފައެވެ. އަދި ނޫރް އަލް ޝާމްގެ 225 ގެއެއްވެސް ވަނީ ބިމާހަމަކޮށްލާފައެވެ.

އެތައްހާސް ފަލަޞްޠީނުގެ ރައްޔިތުން އަނެއްކާވެސް ސުންނާފަތުވެފައިވާއިރު އެމީހުން އެނބުރި ދާނެތަނެއް ނެތެވެ. ރެފިއުޖީ ކޭމްޕްތަކަށް ވެސް ޔަހުދީ ސިފައން ވަދެގަނެ މީހުން ނެރެނީއެވެ. 

މި ހުރިހާ ކަމެއް އިޒްރާއިލްއިން ހިންގާއިރު ފަލަޞްޠީނުގައި ވެރިކަމެއް, އަދި މަޙްމޫދު އައްބާސް ކިޔާ ވެރިއެއްވެސް ހުރެއެވެ. ކައިރީގައި ވަށައިގެން މުސްލިމް އަރަބި ގައުމުތައްވެސް ކަހާތަން ހިރުވާވެސް ނުލާ އެބަތިއްބެވެ. ހިފާފައިވާ ހުޅަނގު އައްސޭރިއަކީ އެތަނުގެ ގުދުސްގައި މުސްލިމުންގެ މުގައްދަސް ބިނާ, އަހަރެމެންގެ ފުރަތަމަ ޤިބްލަ އަދި ތިންވަނަ ހަރަމްފުޅު, މަސްޖިދުލް އަޤްސާވެސް ހުރި ތަނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow