މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް ރަމްޒުކޮށްދެނީ ރާއްޖޭގެ ތަރައްޤީގައި ނ.އަތޮޅުގެ މުހިއްމުކަން- މިނިސްޓަރ މުއްޠަލިބު
މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަށް މިއަދު މޯލްޑިވިއަންގެ ބޮޑު ބޯޓް ޖައްސާފައި: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް ރަމްޒުކޮށްދެނީ ރާއްޖޭގެ ތަރައްޤީގައި ނ.އަތޮޅުގެ މުހިއްމުކަން- މިނިސްޓަރ މުއްޠަލިބު

މާފަރު އެއަޕޯޓަކީ މިސަރަހައްދުގެ ތަރައްޤީގެ ނާރެސް

4 hours ago - 12:35
Jul 8, 2025 - 12:36
Advertisement
Advertisement

މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް ރަމްޒުކޮށްދެނީ ރާއްޖޭގެ ތަރައްޤީގައި ނ.އަތޮޅުގެ މުހިއްމުކަން ކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ ދެފިޔަވަހިވެސް ނިންމާ ހުޅުވަން މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު މުއްޠަލިބު ވިދާޅުވީ މިއަދަކީ ދިވެހިރާއްޖޭގެ ތަރައްޤީގައި ނ.އަތޮޅުގެ މުހިއްމުކަން ރަމްޒުކޮށްދޭ ދުވަހެއް ކަމަށެވެ. އަދި މިއަދަކީ ނ.އަތޮޅުގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއްގެ އުއްމީދު އާކޮށްދޭ ދުވަހެއް ކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެން މިއަދު އެއްވެ މިތިބީ ކޮންކްރީޓާއި ތާރާއި ދަގަނޑުން ހަދާފައިވާ އެއަޕޯޓެއް ހުޅުވުމަށްވުރެ ބޮޑު މައުނަވީ ކަމެއް ފާހަގަކުރުމަށް ކަމަށެވެ. މިއަދު މިފާހަގަކުރަނީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށާއި, މާފަރު އިންޓަރނޭޝަނަލް އެއަޕޯޓަކީ އެގުޅުން އެންމެ ބޮޑަށް ދައްކުވައިދޭ ބިނާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މާފަރު އެއަޕޯޓަކީ މިސަރަހައްދުގެ ތަރައްޤީގެ ނާރެސް ކަމަށެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯރޓްތައް ނ.އަތޮޅުގައި ހުރިކަން ފާހަގަކުރައްވާ ވިދާޅުވީ މިހާރުވެސް އެފަދަ ބޮޑަތި ޕްރޮޖެކްޓްތައް ނ.އަތޮޅުގައި ދަނީ ހިނގަމުން ކަމަށެވެ.

" ނޫނަށް އަންނަ ތަރައްޤީގެ ހިއްސާ ހުރިހާ ރައްޔިތުންނަށް ކުރުން މުހިއްމު. މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓް ވާންޖެހޭނީ މިއަތޮޅުގެ ރައްޔިތުންނަށް އިތުރު ފުރުޞަތު ތަކަށް ހުޅުވޭ ދޮރަކަށް. މިއަންނަ ތަރައްޤީއަކީ ހަމައެކަނި ޢާއްމު ރައްޔިތުން ބަލަން ތިބޭ ތަރައްޤީއަކަށް ވެގެން ނުވާނެ. ރައްޔިތުން ވާން ޖެހޭނީ މިތަރައްޤީގެ ބައިވެރިންނަށް." ވަޒީރު ވިދާޅުވިއެވެ.

Advertisement
Advertisement

މިނިސްޓަރ ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތަކީ ރާއްޖެއަށް އަންނަ ތަރައްޤީއާއެކު ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވުން ކަމަށެވެ. މާފަރު އިންޓަރނޭޝަނަލް އެއަޕޯރޓްގެ މަސައްކަތް ކުރިއަށްގެންދިޔައީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. އެއަޕޯރޓްގެ ފުރަތަމަ ފިޔަވަހި ނިންމާ ޚިދުމަތްދޭން ފެށީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެފިޔަވަހީގެ ދަށުން ވައިޑްބޮޑީ މަތިންދާބޯޓް ޖެއްސޭވަރަށް އެއަޕޯރޓް ބޮޑުކޮށް ނިންމީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement