މާލެ ސަރަޙައްދުން ހިމަބިހީގެ ދެ ކޭސް ފެނިއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

މާލެ ސަރަޙައްދުން ހިމަބިހީގެ ދެ ކޭސް ފެނިއްޖެ: ރައްކާތެރިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

1 hour ago - 15:13
Advertisement
Advertisement

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސްލްސް) ގެ ދެ ކޭސްއެއް މި ހަފްތާގެ ތެރޭގައި މާލެ ސަރަޙައްދުން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.


މި ކޭސްތަކާ ގުޅިގެން ބަލި ފެތުރުނު ގޮތް ދެނެގަތުމަށްޓަކައި ކޭސް އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް އެޗްޕީއޭއިން މިހާރު ވަނީ ފަށާފައެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.


އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ 5 ކޭސް ވަނީ ފެނިފައެވެ. މީގެ ތެރެއިން ދެ މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މި ބަލި އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.


ރާއްޖޭގައި 1983 ވަނަ އަހަރުން ފެށިގެން ޤައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން ހިމަބިހީގެ ވެކްސިން ދެމުން އަންނައިރު، 2017 ވަނަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ނަމަވެސް، 2020 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރާއްޖޭގައި ވަނީ ބޮޑު ވެކްސިން ކެމްޕޭނެއް ކުރިއަށްގެންގޮސްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement