ޑައިމޯފިން ޓްރެފިކްކުރި ދެމީހަކު 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކްކުރި ދެމީހަކު 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފި

1 hour ago - 19:48
Advertisement
Advertisement

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ނ. ވެލިދޫއަށް ނިސްބަތްވާ ދެމީހަކު ބޮޑު މުއްދަތަކަށް ޖަލަށްލުމަށާއި ޖޫރިމަނާކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ. މި ހުކުމްތައް އިއްވާފައިވަނީ 12 މެއި 2026 ގައެވެ.


މި މައްސަލާގައި ހުކުމްކޮށްފައިވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަޙްމަދު އިބްރާހީމް (44އ) އާއި އެ ރަށު ހެޕީގާރޑްން، ޙުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.


އަޙްމަދު އިބްރާހީމްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ އިތުރުން ކެނެބިސް ބޭނުންކުރުމުގެ ކުށް ވެސް ވަނީ ސާބިތުވެފައެވެ. ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ކެނެބިސް ބޭނުންކުރުމުގެ ކުށަށް 3 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ބަންދުގައި ހޭދަކުރި މުއްދަތަށް ރިއާޔަތްކޮށް، އޭނާ ތަންފީޒުކުރަންޖެހޭ ޖަލު އަދަބަކީ 27 އަހަރާއި 11 މަހާއި 5 ދުވަސް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ 7 މެއި 2024 ގައެވެ.


މި މައްސަލާގައި ދެން ހިމެނޭ ޙުސައިން އިބްރާހީމްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާ ގުޅިގެން، އޭނާ 25 އަހަރަށް ޖަލަށްލުމާއެކު 100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ހުކުމްކޮށްފައެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި 14 ދުވަހެވެ. ޙުސައިން އިބްރާހީމް ހައްޔަރުކޮށްފައިވަނީ 11 އެޕްރީލް 2022 ގައެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement