50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި
ފޮރިންގ މިނިސްޓަރ ޚަލީލް އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރާ ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ-ފޮރިންގ މިނިސްޓްރީ

50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދީފި

ފަސްކޮށްދިނީ އިންޓަރެސްޓްވެސް ދައްކަން ނުޖެހޭ ގޮތަށް

20 hours ago - 10:39
May 12, 2025 - 10:40
Advertisement
Advertisement

ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ސަރުކާރުން ވިއްކާފައިވާ ޓީބިލަށް ފައިސާ ދެއްކުން ދެވަނަ ފަހަރަށް ފަސްކޮށްދީފިއެވެ. މިމަހު ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނީ ކިހާ މުއްދަތަކަށް ކަން ޔަގީނެއް ނޫނެވެ.

އެކަމަކު މިއީ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދިން ދެވަނަ ފަހަރެވެ. އެސްބީއިން 200 މިލިއަން ޑޮލަރު ހޯދީ ކުރީގެ ސަރުކާރުން 2019 ވަނަ އަހަރުއެވެ. ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު އެބޭންކުން ހޯދީ އިންޑިޔާ ސަރުކާރު މެދުވެރިވެގެންނެވެ.

ސަރުކާރުން ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީއެވެ. 50 މިލިއަން ޑޮލަރު މިސަރުކާރުން ވަނީ ދައްކާފައެވެ. މިމަހަށް ކުރިން ފަސްކޮށްދިން 50 މިލިއަން ޑޮލަރު ދެއްކުން އިންޑިޔާއިން ފަސްކޮށްދީފައި މިވަނީ އިގްތިސާދީ ގޮތުން ރާއްޖެ އުނދަގޫ ދަތި ހާލަތެއްގައި ވަނިކޮށެވެ.

ފައިސާ ދެއްކުން ފަސްކޮށްދިންކަން ހާމަކުރައްވަމުން ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ޖައިޝަންކަރާއި, ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. ޑރ.ޚަލީލް ވިދާޅުވީ މިއީ ދެގައުމުގެ ގުޅުން ހާމަކޮށްދޭ ހެއްކެއް ކަމަށެވެ. އަދި މިއީ ރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ލިބުނު އެހީއެއް ކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement