ފޮރިންގ އިންވެސްޓްމަންޓްގެ ޤާނޫނު ވުޖޫދުކޮށްފި
އިކޮނޮމިކް މިނިސްޓްރީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ-އިކޮނޮމިކް މިނިސްޓްރީ

ފޮރިންގ އިންވެސްޓްމަންޓްގެ ޤާނޫނު ވުޖޫދުކޮށްފި

އަމަލުކުރަން ފަށާނީ 3 މަސް ފަހުން

13 days ago - 17:26
Advertisement

ފޮރިންގ އިންވެސްޓްމަންޓްގެ ޤާނޫނު ވުޖޫދުކޮށްފި އެވެ. ފޮރިންގ އިންވެސްޓްމަންޓްގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތަސަދީގުކުރެއްވީ މިއަދު އެވެ.

މިއަދު ތަސްދީގުކުރެއްވި ބިލް ޤާނޫނަކަށް ވުމާއެކު, އަމަލު ކުރަން ފަށަން ޖެހެނީ ތިން މަސް ފަހުންނެވެ. ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް މިއަދު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެންވެސް ފޮރިންގ އިންވެސްޓްމަންޓްގެ ޤާނޫނު އިސްލާހު ކުރަން ނުވަތަ ޢާޤާނޫނެއް ވުޖޫދަށް ގެނައުމަށް މަސައްކަތް ކުރި ކަމަށެވެ. އެކަމަކު އެކަން ހަގީގަތަކަށްވީ މިސަރުކާރުގައިކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މިއީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ކުރައްވަން ގަސްތުކުރެއްވި އެއް ކަންތައް ކަމަށެވެ. މިޤާނޫނަށް އަމަލުކުރަން ފެށުމުން މިހާރަށްވުރެ ބޮޑަށް އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

" އަޅުގަނޑު އުއްމީދުކުރަނީ ތިން މަސް ފަހުން މިޤާނޫނަށް އަމަލުކުރަން ފެށީމަ މިހާރަށްވުރެ ބޮޑަތި ގިނަ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް" އުޝާމް ވިދާޅުވިއެވެ.

މިއީ އިންވެސްޓަރުންނަށް މިހާރަށްވުރެ ފަހި ފުރުޞަތުތަކެއް ލިބޭގޮތަށް އެކުލަވާލި ޤާނޫނެކެވެ. މިޤާނޫނާއެކު ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާތަކުން ކަމަށެވެ. އެދާއިރާތަކާއި ޝަރުތުތުތައް ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement

ހުއްދަ ދޭ ވިޔަފާރި ނޫން ވިޔަފާރިއެއް ކުރާނަމަ ޤާނޫނުން ވަނީ ޖޫރިމަނާގެ އަދަބުވެސް ކަނޑައަޅާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement