ކެރެލާގައި ބޮޑު އެކްސިޑެންޓެއް – ދިވެހި 3 އަންހެނެއްގެ ހާލު ދެރަ
ފޮޓޯ: ސޯޝަލް މީޑިއާ

ކެރެލާގައި ބޮޑު އެކްސިޑެންޓެއް – ދިވެހި 3 އަންހެނެއްގެ ހާލު ދެރަ

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ތިން އަންހެނުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގަ

8 months ago - 11:33
Feb 10, 2024 - 11:33
Advertisement

އިންޑިއާގެ ކެރެލާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި ތިން އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މި މީހުންނަށް ފަރުވާދެމުން އަންނަނީ ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ތިން އަންހެނުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައެވެ. އޭނާ ހޭނާރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ރާއްޖޭގެ ރ.އަތޮޅުގެ ރަށަކަށް ނިސްބަތްވާ ތިން ކަނބަލުންނެވެ.

Advertisement

އެއީ 25 އަހަރުގެ މީހަކާއި 50 އަހަރުގެ މީހެއްގެ އިތުރުން 54 އަހަރުގެ މީހެކެވެ. އޭގެ ތެރެއިން އައިސީޔޫގައި ފަރުވާދެމުން އަންނަނީ 54 އަހަރުގެ އަންހެންމީހާއަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކޮޗިންގެ ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދެއްކުމަށްފަހު އެނބުރި ޓްރިވެންޑްރަމަށް ދަތުރުކުރަމުން ދަނިކޮށެވެ.

އިންޑިއާގެ ކެރެލާ ސްޓޭޓަކީ ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ގޮސްއުޅޭ ސަރަހައްދެވެ. އޭގެ ތެރެއިންވެސް ޓްރިވެންޑްރަމް އާއި ކޮޗިން ފާހަގަ ކޮށްލެވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement