އޮސްޓްރޭލިއާގައި ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

އޮސްޓްރޭލިއާގައި ކުރިއަށްދާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރާއްޖެއިން ބައިވެރިވެއްޖެ

މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ސަމަދު

7 months ago - 12:06
Feb 10, 2024 - 12:09
Advertisement

އޮސްޓްރޭލިއާގެ ޕާރތްގައި ކުރިއަށްދާ 7 ވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރި ވެއްޖެއެވެ.

މި ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރައްވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ސަމަދެވެ.

މި މަހުގެ 9 އިން 10 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި މެންބަރު ގައުމުތަކުގެ ސަރަޙައްދީ ރައްކާތެރިކަމާއި ގައުމުތައް އިތުރަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހެގޮތުން މަޝްވަރާކުރައްވާނެއެވެ.

ރާއްޖޭގެ އިތުރުން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކުން ބައިވެރވެފައިވެއެވެ.

Advertisement

މި ކޮންފަރެންސްގައި ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޝެރީނާ ސަމަދް ވަނީ ވިއެޓްނަމްގެ ޑެޕިއުޓީ ފޮރިންގ މިނިސްޓަރ ޑރ.ގުޔެން މިންހް ވޫއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރާއްޖެއާއި ވިއެޓްނާމާ ދެމެދު އޮންނަ ގުޅުން އިތުރަށް ފުޅާކޮށް ދެގައުމުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުން ސްޓޭޓް މިނިސްޓަރ ވަނީ ސްރީ ލަންކާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އަލީ ސަބްރީ އާއި ވެސް ބައްދަލުކުރައްވާފައެވެ.

އަދި ރާއްޖެއާއި ސްރީ ލަންކާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ދެ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement