އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރެއް  ނުކުރާނަން: އީސީ

އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރެއް ނުކުރާނަން: އީސީ

ރައްޔިތުންގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރެއް ނުކުރާނަން އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެ

6 months ago - 16:10
Feb 10, 2024 - 21:26
Advertisement

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އަޔަސް އެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަަށާއި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަސް އޮތް އިރު، މިހާތަނަށް ފޯމު ހުށަހެޅީ އެންމެ 18 ކެންޑިޑޭޓުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ތާވަލްކޮށްފައި އޮތީ މާޗް 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ.

Advertisement

އިންތިހާބު ލަސްކުރުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އައި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ވިދާޅުވީ، އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފި ނަމަ ފޯމުގައި މައްސަލައެއް ދިމާވެ، އިސްލާހު ކުރަން ޖެހި އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.

Advertisement

އިންތިހާބަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

މަޖިލީހުގެ 93 ދާއިރާއަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ މަހުގެ 30 ގަ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement