45 ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ޢާންމުކުރަން ލާޒިމްކޮށް، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މިއަދު މަޖިލީހަށް ހުށަހަޅައި
ބިލް ހުށަހެޅުއްވި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް

45 ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ޢާންމުކުރަން ލާޒިމްކޮށް، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު މިއަދު މަޖިލީހަށް ހުށަހަޅައި

ޑެޓް މެނޭޖުމަންޓް އޮފީހެއް އުފައްދަން ވެސް މިބިލުގައި ހިމަނާފައިވޭ

3 months ago - 16:47
Jun 30, 2024 - 17:15
Advertisement

ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ޢާންމުކުރަން ލާޒިމްކޮށް، ދައުލަތުގެ ދަރަންޏާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށައެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހެވެ. މި ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ ދައުލަތުގެ ދަރަނި ނެގުމާއި ބެލެހެއްޓުމާއި މެނޭޖުކުރުމާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ ކުންފުނިތަކުން ނަގާ ދަރަންޏަށް ދައުލަތުން ސޮވެރިން ގެރެންޓީ ދިނުމާއި ދައުލަތުގެ ދަރަންޏާ ބެހޭ މަޢުލޫމާތު ހާމަކުރުމެވެ. ހަމައެހެންމެ ދަރަނިނަގައި ބަލަހައްޓައި މެނޭޖުކުރަނީ ޤައުމުގެ އިޤްތިޞާދަށާއި މުސްތަޤްބަލުގެ ޖީލުތަކަށް ކުރާނެ އަސަރު ވަޒަންކޮށް، އިޤްތިޞާދީ ފުދުންތެރިކަމާއި ފިސްކަލް އަދި މާލިއްޔަތު ނިޒާމު ދިގު މުއްދަކަށް ދެމެހެއްޓޭނެ ގޮތް ކަށަވަރުކުރުމަށްކަމަށް ވެސް ބިލުގެ މަޤްޞަދުގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުގެ ދަރަންޏާ ބެހޭ ބިލުގައިވާ ގޮތުން، ކަނޑައެޅޭ މުއްދަތުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ތަފްސީލް ހާމަކުރަންވާނެކަމަށް ބުނެފައިވެއެވެ. އެގޮތުން ކޮންމެ ކުއާޓަރެއް ނިމޭތާ 45 ދުވަހުގެ ތެރޭގައި ޑެޓް ބުލެޓިންއެއް ޝާއިއުކުރަންވާނެކަމަށާއި، އެގޮތުން ސަރުކާރުގެ ދަރަނީގެ ބާކީ ހުރި މިންވަރާއި އޭގައި އެކުލެވޭ ފައިސާގެ ބާވަތާއި، ދަރަނީގެ ޕޯޓްފޯލިއޯއަށް އޮތް ހިރާސްތަކާއި، ފާސްކޮށްފައިވާ ދައުލަތުގެ ދަރަނީގެ ސްޓްރެޓެޖީއާ އެއްގޮތަށް ކަންކަން ކުރިއަށްގޮސްފައިވާ މިންވަރު ހިމަނަންވާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ދަރަނި ނުވަތަ ޑެޓް މެނޭޖުމަންޓާ ގުޅޭ އަހަރީ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓު ވިދިގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭތާ 30 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި މިނިސްޓްރީން ޢާންމުކޮށް ޝައިއުކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ. އަދި ސަރުކާރުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން ނުނިމިވާ އެންމެހައި ލޯންތަކާއި ޚާއްޞަކޮށް އޯވަރޑިއުވެފައިވާ ލޯނުތަކާއި، އޯވަރޑިއުވެފައިވާ މުއްދަތާއި، އޯވަރޑިއުވި ދުވަހުން ފެށިގެން އަރާފައިވަ އިންޓްރެސްޓު އަދި އެ އަހަރުގެ ތެރޭގައި ދޫކޮށްފައިވާ އެންމެހައި ސޮވްރިން ގެރެންޓީތަކާއި އެ ގެރެންޓީތައް ދޫކޮށްފައިވާ ދާއިރާއާއި ކުންފުނިތައް ވަކިން އެނގޭނެ ފަދައިން ނުނިމިހުރި އެންމެހައި ސޮވްރިން ގެރެންޓީތައް ތަފްސީލް ކުރަންވާނެކަމަށްވެސް ބިލުގައިވެއެވެ.

Advertisement

މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ކައުންސިލްތަކަށް ދަރަނި ނެގިދާނެކަމަށް ވެސް މިބިލުގައި ބުނެފައެވެ. އަދި އެ ދަރަނި ނެގޭނީ ރާއްޖޭގައި ޤާއިމްކޮށްފައިވާ ބޭންކުތަކުންނާއި އެހެނިހެން މާލީ އިދާރާތަކުންކަމަށް ބިލުގައިވެ އެވެ.

މި ބިލުގައިވާ ގޮތުން، ކައުންސިލްތަކުގެ މަޝްރޫޢު ހިންގުމަށްޓަކައި ދިވެހި ރުފިޔާއިން ކުރު އަދި ދިގު މުއްދަތުގެ ދަރަނި ނެގުމުގެ އިޚްތިޔާރު ލިބިގެންވާކަމަށާއި، ކުރު މުއްދަތަކަށް ދަރަނި ނެގޭނީ އެއް އަހަރަށް ވުރެ ކުރު މުއްދަތަކަށް ކަމަށާއި، ދިގު މުއްތަކަށް ދަރަނި ނެގޭނީ އެއް އަހަރަށްވުރެ ދިގު މުއްދަތަށްކަމަށް ވެސް ބަޔާންކޮށްފައި އޮތެވެ. އަދި ބޭރު ފައިސާއިން ދަރަނި ނެގޭނީ ހަމައެކަނި ސަރުކާރާއެކު ސޮއިކޮށްފައިވާ ސަބްސިޑިއަރީ ލޯނު އެގްރިމަންޓެއްއްގެ ދަށުންކަމަށާއި، ލޯކަލް ކައުންސިލެއްގެ ޖުމްލަ ދަރަނި އެއްވެސް ވަގުތެއްގައި އެ ކައުންސިލުގެ ފާއިތުވި ތިން އަހަރުގެ އެވްރެޖު އާމްދަނީގެ ތިންބައިކުޅަ އެއްބަޔަށްވުރެ މަތިވެގެން ނުވާނެކަމަށް ވެސް ބުނެފައިވެއެވެ.

މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ސަރުކާރުގެ ދަރަނި ބެލެހެއްޓުމަށްޓަކައި މިނިސްޓަރު ކަރަންޖެހޭކަންކަން ކުރުމަށާއި، ދައުލަތުގެ ދަރަނި ބެލެހެއްޓުމާއި މެނޭޖުކުރުމަށް، ޑެޓް މެނޭޖުމަންޓް އޮފީހެއް ޤާއިމްކުރުމަށް ލާޒިމްކުރުމެވެ. އެ އޮފީސް މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ޤާއިމްކުރަންވާނެކަމަށްވެސް ބިލުގައި އޮތެވެ.

މި ޤާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހިންގަމުންއައި ފިނޭންސް މިނިސްޓްރީގެ "ޑެޓް މެނޭޖުމަންޓް ޑިޕާޓްމަންޓް"ގެ އެންމެހައި ޤާނޫނީ ޒިންމާތަކާއި މުވައްޒަފުންނާއި މުދާތައް ޑެޓް މެނޭޖުމަންޓް އޮފީހުގެ ދަށަށް ބަދަލުވާނެކަމަށް ވެސް ބިލުގައިވެ އެވެ. އެ އޮފީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ސޮވެރިން ގްރެންޓީއާ ބެހޭ އެންމެހާ ރެކޯޑްތައް ބެލެހެއްޓުމާއި ޢާންމުކުރުން ހިމެނެއެވެ.

ދަރަނިން ސަލާމަތްވުމަށް ދަރަނީގެ ހިރާސްތައް ކުޑަކުރެވޭނެގޮތްތައް ވެސް މި ބިލުގައި ބާޔާންކޮށްފައި އޮތެވެ. މި ޤާނޫނަށް އަމަލުކުރަން ފަށާނީ، މިބިލު ތަސްގުކުރުމަށް ފަހު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާތާ 6 މަސްދުވަސް ހަމަވާ ތާރީޚުން ފެށިންކެމަށްވެސް ދަރަންޏާބެހޭ ބިލުގައި ބަޔާންކޮށްފައި އޮތެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement