ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި އަޙްމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

1 hour ago - 22:08
Advertisement
Advertisement

ދިވެހި ދައުލަތަށް ގިނަ އަހަރުތަކެއްވަންދެން ޚިދުމަތްކުރެއްވި މ. މާކަރީ، އަޙްމަދު މަނިކު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.


ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިފައިންގޭގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ އަދި ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މ. މާކަރީ އަޙްމަދު މަނިކު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރްޙޫމްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.


މަރްޙޫމް އަޙްމަދު މަނިކަކީ ދިވެހި ޤައުމަށާއި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ދައުލަތަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، 2023 ވަނަ އަހަރު ވަނީ ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެމަނިކުފާނަށް އަރުވާފައެވެ.              

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement