
ފަތުރުވެރިކަމުގެ އާ ބާބެއް ފެށުމުގެ ތައްޔާރީތައް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިސްކަންދޭނީ ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް ފަތުރުވެރިކަމުގެ ފަހި ފުރުޞަތުތައް ތަނަވަސްކުރުމަށް
މިހާރު ކުރެވިފައި ހުރި އިންވެސްޓްމަންޓް ތަކާއި އާންމު ދަތުރުފަތުރުތައް ގުޅުވާލައިގެން ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ އާ ބާބެއް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ސަރުކާރުން ވަމުންދާކަމުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގެ މަންސަ, އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ މެނިފެސްޓޯ, އަދި ފެބުރުއަރީ މަހު ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައިވެސް ވައުދުވެވަޑައިގެންނެވި ފަދައިން ފަތުރުވެރިކަން ނެތް އަތޮޅުތަކުގައާއި, މަދު ރިސޯޓްތައް ހުރި އަތޮޅުތަަކަށް ފަތުރުވެރިކަމުގެ ފަހި ފުރުޞަތު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުފައިވާނޭ ކަމުގައެވެ.
އެގޮތުން ހ.އ އަތޮޅު, ހ.ދ އަތޮޅު,ށ. އަތޮޅު, ތ. އަތޮޅު, ލ, އަތޮޅު އަދި އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކޮށް, އަދި ރިސޯޓްތައް ނެތް އަތޮޅުތަކުގައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން ތަފާތު އެކި ގޮތަށް އެކަން ކުރާނެ މަގުތައް ދެނެގަނެ, އަމާޒަށް ވާސިލްވުމަށް މިހާރު މަސައްކަތްތަކެއް ފަށާފައި ވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އެކަން ކަމަށް މަގު ފަހިކުރުމުގެ ގޮތުން އިންވެސްޓަރުންނަށް ފަހި ފުރުޞަތުތައް ހޯދައި ދިނުމާއި, އާންމު އިންފްރާސްޓަކްޗަރ ތަކަށް އިންވެސްޓް ކުރުމާއި އަމާޒު ޖަހައިގެން ހިންގޭ ފަތުރުވެރިކަން އިޝްތިހާރު ކުރާ ސްޓްރަޓެޖީތައް ކުރިއަށް ދާކަމަށެވެ.
މީގެ އިތުރުން އެކަންކަން ރޭވި, އަދި ފަރުމާކުރެވިފައިވަނީ އިންވެސްޓްމަންޓްތައް ގެނެވި އެ ސަރަހައްދުތަކުގައި އިތުރު އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރެވޭނެ ގޮތްތައްވެސް ދެނެގަނެވިގެން ކަމުގައި ރައީސްގެ ޕޯސްޓްގައި ވަނީ ވިދާޅުވެފައެވެެ.
"ފަތުރުވެރިކަމުގެ އާ ބާބާގުޅޭ އިތުރު މައުލޫމާތު އަންނަ ހަފުތާގައި ފަތުރުވެރިކަމާ ގުލޭ ވުޒާރާއިން ހާމާކުރައްވާނެ" ރައީސްގެ ޕޯސްޓްގައި ވެއެވެ.
ރިއެކްޝަންސް






