މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުމުން އަބްދުއްރަހީމް އާންމު މެމްބަރުންގެ ކިބައިން މާފަ އެދިއްޖެ

މޭޔަރުގެ ގޮނޑި ކާމިޔާބު ނުކުރެވުމުން އަބްދުއްރަހީމް އާންމު މެމްބަރުންގެ ކިބައިން މާފަ އެދިއްޖެ

ބައި އިލެކްޝަނުން ލިބުނެ ނާކަމިޔާބި އަށް އަބްދުއްރަހީމް އާންމު މެމްބަރުންގެ ކިބައިން މާފަ އެދިއްޖެ

8 months ago - 09:58
Jan 14, 2024 - 10:31

މާލެ މޭޔަރު އިންތިހާބު ބައި އިލެކްޝަނުން މިއަދު ނާކާމިޔާބީއާއި ކުރިމަތިލާން ޖެހުނީ އާންމު މެމްބަރުންނާއި އެކު ބާއްވަން ޖެހޭ ގުޅުން ކުޑަވުމުގެ ސަބަބުންކަމަށާއި އެކަމަށް މައާފަށް އެދޭކަމަށް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ،

އިންތިހާބުގެ ނާކަމިޔާބީއާއި ގުޅިގެން މިރޭ ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕާޓީގެ ލީޑާޝިޕްގެ ފަރާތުން ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންތިހާބަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭކަން ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެގޮތަށް ދިމާވީ، ސަރުކާރުގެ މަސައްކަތުގައި އުޅެން ޖެހުމާއި އެހެނިހެން ސަބަބުތައް ދިމާވުމުންކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ތިބެމެ، ސަރުކާރު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ހަގީގަތުގައި މި އިންތިހާބަށް ދޭންވާ ސަމާލުކަމެއް ނުދެވުނު.. އޭގެ ނަތީޖާއަކީ މޭޔަރުކަމުގެ ގޮނޑި ނުލިބުން."  އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު ދަށްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އާންމު މެމްބަރުންނާއި ގާތުން މަސައްކަތް ކުރެވުނު ނަމަ ގިނަ ބަޔަކު ވޯޓުލާން ނިކުތީސް ކަމަށެވެ. އަދި އާންމު މެމްބަރުނާއި ދެމެދު އެ ގުޅުން ނުބޭއްވުނީތީ، މައާފަށް އޭނާ އެދިވަޑައިގަތެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ޕާޓީއާއި ފެޔަށް ޖެހިވަޑައިގަތުމުން ލިބުނު ނާކާމިޔާބީއެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ އެންޑޯސްމަންޓުގައި ވެސް ކެންޑިޑޭޓެއް ވާދަކުރެއްވިކަމަށާއި، އެފަދަ ހާލަތެއް އޮތް ނަމަވެސް ވޯޓުތަކުން އެކަން ދެއްކީސްކަމަށް އޭނާ ވިދާޅުވި އެވެ.

މި އިންތިހާބުން ލިބުނު ފިލާވަޅާއި އެކު ދެން ހުރި އިންތިހާބުތައް ކާމިޔާބު ކުރުމަށް މަސައްކަތް ކުރާނެކަމަށް، އަބްދުއްރަހީމް ވިދާޅުވި އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow