ޅ. އަތޮޅު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ހެކްކޮށްފި

ޅ. އަތޮޅު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ހެކްކޮށްފި

ޅ. އަތޮޅު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ހެކްކޮށް ޕޭޖްގެ ސްޓޯރީއަށް ބަރަހަނާ ފޮޓޯތަކެއް އަޕްލޯޑުކޮށްފި

10 months ago - 10:23
Jan 14, 2024 - 10:27
Advertisement
Advertisement

ޅ. އަތޮޅު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ހެކްކޮށް، ބަރަހަނާ ފޮޓޯތަކެއް ސްޓޯރީއަށް ލާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ހެކްކޮށް ޕޭޖްގެ ސްޓޯރީއަށް ބަރަހަނާ ފޮޓޯތަކެއް އަޅަމުންދާ މައްސަލައެއް ބައެއް މީހުން ވަނީ މީސް މީޑިއާގެ ސަމާލު ކަމަށްވެސް ގެނެސްފައެެވެ.

9،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެ ޕޭޖްގައި ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ހޮސްޕިޓަލާއި ގުޅުން ހުރި ޕޯސްޓެއް ކޮށްފައި ނުވާއިރު، ރޭ ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ 'މި ޕޭޖްގެ ވެރިއަކީ ކާކު؟. އަހަރެންނަށް މެސެޖް ކުރޭ، އެއިރަށް ޕޭޖް އަނބުރާ ދެވޭނެ.". މިހެންނެވެ.

ފޭސްބުކް ޕޭޖް ހެކް ކުރި މައްސަލައިގައި ހޮސްޕިޓަލުން ވަކި އެއްޗެއް ބުނެފައެއް ނުވެެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement