
ކުއްލި ޚަބަރު: ޕީ.ޕީ.އެމް.ޕީއެންސީގެ ޕްރައިމަރީ މިމަހު 27 އަށް ފަސްކޮށްފި
ޕްރައިމަރީ ބޭއްވުމަށް މިހާރު ނިންމާފައިވަނީ މިމަހުގެ 27 ވަނަ ދުވަހު
ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މަޖިލީސް ޕްރައިމަރީ ބާއްވާ ތާރީޚު އަނެއްކާވެސް ފަސްކޮށްފިއެވެ.
އަމާޒް މީޑިއާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީ ބޭއްވުމަށް މިހާރު ނިންމާފައިވަނީ މި ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ.
މިއީ ޕްރައިމަރީ ބާއްވާ ތާރީޚު ބަދަލުކުރި ތިންވަނަ ފަހަރެވެ.
ޕީ.އެން.ސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައި ވަނީ ޖަނަވަރީ 20 ވަނަ.ދުވަހުއެވެ.
އެހެން ނަމަވެސް ފަހުން ވަނީ ޑިސެންބަރު 23 އަށް އަވަސް ކުރުމަށްފަހު އަނެއްކާވެސް ޖަނަވަރީ 20 އަށް ފަސްކޮށްފައެވެ.
ނަމަވެސް ޖަނަވަރީ 20 ވާން ހަފްތާއަކަށްވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް އަނެއްކާވެސް ތާރީޚު ފަސްކޮށްފައިވާކަން ކެނޑިޑޭޓުންނަށް ވަނީ މެސެޖަކުން އަންގާފައެވެ.
ސަރުކާރު ކޯލިޝަންގެ ޕްރައިމަރީ ކުޑަތަން ވެފައިވާއިރު މިހާތަނަށް ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކޮށްފައެއް ނުވެއެވެ.
އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ދަފްތަރެއްވެސް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ކެނޑިޑޭޓުންނަށް ފޮނުވި މެސެޖެޢގައި ވާގޮތުން ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ލިސްޓު އާންމު ކުރާނެ ކަމަށާއި ވޯޓާސް ލިސްޓުވެސް ދެދުވަހެއްގެ ތެރޭ އިއުލާން ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރިއެކްޝަންސް






