އެމް.ޑީ.ޕީ ޕްރައިމަރީ  ފެބްރުއަރީ 3 ގައި

އެމް.ޑީ.ޕީ ޕްރައިމަރީ ފެބްރުއަރީ 3 ގައި

އެމް.ޑީ.ޕީ ޕްރައިމަރީ ފެބްރުއަރީ 3 ގައި ބައްވާގޮތައް ހަމަޖައްސައިފި

8 months ago - 18:38
Jan 14, 2024 - 19:47

20 ވަނަ ރައްޔިތުންގެ މަޖިލިސްގައި އެމް.ޑީ.ޕީގެ ފަރަތުން ވާދަކުރައްވާ ބޭފުޅުންގެ  ޕްރައިމަރީ  ފެބްރުއަރީ 3 ގައި ބައްވާގޮތައް ހަމަޖައްސައިފިއެވެ.

ރާއްޖޭގެ އިންތިހާބުތަކުގައި އެންމެ ކާމިޔާބު ޓްރެކް ރެކޯޑެއް އޮތް އެމްޑީޕީން މިއަދު ވަނީ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީތައް ބާއްވާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައެވެ.

ޕްރައިމަރީއަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 36 ދާއިރާއެއްގެ ޕްރައިމަރީއެއް ނުބާއްވާގޮތައް ވަނީ ނިންމާފައިއެވެ.

ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ.

ކެންޑިޑޭޓުން ކުރިމަތިލާފައިނުވާ ބައެއް ދާއިރާތަކަށް ކުރިމަތިލާނެ ކަމަށް ބައެއް އިސް ބޭފުޅުން މި ފަހުން ވިދާޅުވެފައި ވެސް ވެ އެވެ. އެ ގޮތުން ކުރެންދޫ ދާއިރާއަށް، މިހާރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވެ އެވެ.

ޕާޓީން ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވާ ތާރީހަކީ ފެބްރުއަރީ މަހު ތިންވަނަ ދުވަހެވެ.

2019 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow