މެންބަރުން ކެކިއެރުމުން ހުރިހާ އެންމެންނަށް ކެނޑިޑޭސީ ދޭން ޕީ.އެން.ސީން ނިންމައިފި
ޕީ.އެން.ސީގެ ކެނޑިޑޭސީ ބަލައިނުގަންނަން ނިމައި އިއްޔެ އެޕާޓީން ނިންމި ނިންމުން މިހާރު ވަނީ ބަދަލުކޮށް އެހުރިހާ މެންބަރުންނަށްވެސް ޕްރައިމަރީގައި ބައިވެރިވެވޭނެ ކަމަށް މިހާރު ވަނީ އިއުލާން ކުރައްވާފަ.
މާޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ޕީ.އެން.ސީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ގިނަ އަދަދެއްގެ މެންބަރުންގެ ކެނޑިޑޭސީ ބަލައިނުގަންނަން ނިންމާފައިވާ ނިންމުން ބަދަލުކޮށް އެފަރާތްތަކަށް ވާދަކުރެވޭނެ ކަމަށް ކަނޑައަޅައިފިއެވެ.
ޕީ.އެން.ސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީގައި ވާދަނުކުރެވޭ ގޮތަށް ނިންމި ނިންމުންމާ ގުޅިގެން ލިބުނު ޝަކުވާތަކަށް ބެލުމަށްފަހު ޕާޓީގެ ރައީސް ވަނީ ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭ ގޮތަށް ނިންމަވާފަ ކަމަށެވެ.
ޕީ.އެން.ސީގެ ޕްރައިމަރީ ބާއްވަން ވަގުތު ކުޑަތަން ވެފައިވަނިކޮށް އެޕާޓިން ނިންމި ނިންމުމާގުޅިގެން އާންމުން މެންބަރުންގެ ވަރަށް ބޮޑު ނުރުހުމެއް އެޕާޓީގެ އިސްވެރިންނަށް ވަނީ އަމާޒު ވެފައެވެ.
އަމާޒް މީޑިއާ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ނުދީ ކެނޑިޑޭސީ ބަލައިނުގަތް ދާއިރާތަކުގެ ތެރޭގައި ފުވައްމުލަކު ތިން ދާއިރާއާއި އުތުރާއި ދެކުނުގެ ގިނަ ދާއިރާތަކެއް ހިމެނެއެވެ.
މީގެ އިތުރުން ކެނޑިޑޭސީ ބަލައި ނުގަތުމުނ އެއިން ކޮންމެ މެންބަރަކު ވަނީ އަމިއްލަ ގޮތުން ވާދަކުރައްވާނެކަންވެސް އިއުލާން ކުރައްވާފައެވެ.
ރިއެކްޝަންސް