ގާނޫނުތަކުގައި ހުރި ދޯހަޅިކަންކަން ދާއިރާގެ މީހުންނަށްވުރެ ކުރިން ކުށްކުރާ މީހުން ދެނެގަނޭ: އިޙްސާނު
"ކްރިމިނަލުން އެޑެޕްޓް ވަމުން އަންނަ ސްޕީޑު މާ ބާރު، އަޅުގަނޑުމެން އެޑެޕްޓް ވަމުން އަންނަ ސްޕީޑަށްވުރެ. އަޅުގަނޑުމެން ފްރޭމްވޯކްތަކަށް ގެންނަންޖެހޭ ބަދަލު ދެނެގަތުމުގެ މާ ބާރުމިނުގައި ކްރިމިނަލުން މި ގާނުޏުތަކަށް އެބަ ފަރިތަވޭ" މިނިސްޓަރ އިޙްސާނު
ގާނޫނީ ފްރޭމްވޯކްތަކަށް ގެންނަންޖެހޭ ބަދަލު ދެނެގަނެވުމުގެ ކުރިން، ގާނޫނުގައި ހުރި ދޯހަޅިކަންކަން ކުށްކުރާ މީހުން ދެނެގަންނަ ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާނު މިހެން ވިދާޅުވީ ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޑިޕާޓްމެންޓް އޮފް ޖުވެނައިލް ޖަސްޓިސް އިން އިންތިޒާމުކޮށްގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޖުވެނައިލް ޖަސްޓިސް ސިމްޕޯސިއަމް ހުޅުއްވައިދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ އިޙްސާސް ވިދާޅުވީ ކުޑަކުއްކަށްވީތީ ގާނޫނުން ލިބިދޭ ރައްކާތެރިކަމުގެ ނާޖާއިޒު ފައިދާ ނަގައި އެކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ބަޔަކު ރާއްޖޭގައި އެބަތިބި ކަމަށެވެ.
މިނިސްޓަރ ވަނީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކުގައި އިސްލާހު ކުރަންހުރި ކަންކަން އިސްލާހު ނުކުރެވި ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން ކުޑަކުދިންގެ އަދުލުގެ ގާނޫނު ތަންފީޒު ކުރުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ނުވަތަ އެ ކުޑަކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމާ ގުޅޭ ގޮތުން ގާނޫނީ އޮނިގަނޑަށް ގެންނަންވާ އިސްލާހު ތަކުގެ ތެރެއިން މިހާތަނަށް ގެނެވިފައިވަނީ އެންމެ އިސްލާހެއްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ ގާނޫނު ތަންފީޒު ކުރާ އިދާރާތަކުން ރެއާދުވާލު ދައްކަމުން އަންނަނީ ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ތަކުގެ ވާހަކަ ކަމަށާއި އެހެން ނަމަވެސް އެކަމަކަށް އިސްކަމެއް ދެވިފައި ނުވާ ކަމަށެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އިޝާރާތް ކުރައްވައި މިނިސްޓަރ އިހުސާނު ވިދާޅުވީ ކޮންމެ ދިމާއެއްގައި މަސައްކަތް ކުރާ ކޮންމެ މުވައްޒަފަކީވެސް އެ ގާނޫނަށް ކޮންމެވެސް އިސްލާހެއް ނައިސްގެން ޒިންމާ އަދާނުކުރެވޭ ވާހަކަ ދައްކާ މުވައްޒަފެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ "އަޅުގަނޑުމެން މި ފްރޭމްވޯކްތަކަށް ގެންނަންޖެހޭ ބަދަލަށް އެޑޮޕްޓު ވާ ސްޕީޑަށްވުރެ މާ ބާރު ސްޕީޑުގައި ކްރިމިނަލް އޮގަނައިޒޭޝަންސްތަކުން މި ގާނޫނުތަކަށް އެބަ ފަރިތަވޭ. ވެގެން މީގަހުރި ލޫޕްހޯލްތަކުގެ ތެރެއިން ކުރިންވެސް އޮތް މާހައުލު ކުރިއަށް އެބަގެންދޭ. މީ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް"
ރިއެކްޝަންސް