ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގައި މަސްތުވެގެން ހަމަނުޖެހުން ހިންގި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

10 hours ago - 11:18
Advertisement
Advertisement

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ އެމްޕީއެލް ފްލެޓް ޓަވަރެއްގައި މަސްތުގެ ހާލަތުގައި ތިބެ އަޑުގަދަކޮށް، ހަމަނުޖެހުން ހިންގި މައްސަލައެއްގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ ޓަވަރެއްގައި މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ވަގުތު އެ ދެ މީހުން ތިބީ ނިވާކަން ކުޑަ ހެދުމެއްގައި ކަމަށެވެ. އަދި އެ މީހުން މަސްތުގެ ހާލަތުގައި ތިބެ އަޑުގަދަކޮށް، ހަމަނުޖެހުން ހިންގުމުގެ އިތުރުން އެ ސަރަހައްދުގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކޮށް، ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝްގެ މި ދެ ފިރިހެނުންގެ މައްސަލަ، ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement