ރާއްޖޭގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

ރާއްޖޭގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ނެޓްވޯކް ފުޅާކުރުމުގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކޮށްފި

3 hours ago - 18:22
Advertisement
Advertisement

ދިވެހިރާއްޖޭގެ 6 ރަށެއްގައި ފެނާއި ނަރުދަމާގެ ވިއުގަ ފުޅާކުރުމުގެ އަމަލީ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ ހަވާލުކޮށްފިއެވެ.


މި މަސައްކަތްތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޢަލީ ފާރިޝް ޔޫސުފެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ނާޒިރެވެ.


މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށް ހަމަޖެހިފައިވަނީ ހއ. އުލިގަމާއި، ހއ. މޮޅަދޫއާއި، ރ. ކިނޮޅަހުގެ އިތުރުން ބ. މާޅޮހުގެ ޓޫރިޒަމް ޒޯނުގައެވެ. މީގެ އިތުރުން ހއ. އިހަވަންދޫ އަދި ރ. އިންނަމާދޫގައި އަލަށް އާބާދުވެފައިވާ ސަރަހައްދުތަކަށް ފެނާއި ނަރުދަމާގެ ނެޓްވޯކް ފޯރުކޮށްދިނުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ތަފްސީލަށް ބަލާއިރު:

ހއ. އުލިގަން: 22.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 1 އަހަރު ދުވަހުގެ މުއްދަތެކެވެ.
ހއ. މޮޅަދޫ: 29 މިލިއަން ރުފިޔާގެ މި މަޝްރޫއުވެސް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.
ރ. ކިނޮޅަސް: 18 މިލިއަން ރުފިޔާ ޚަރަދުވާ މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރުގެ މުއްދަތެއްގައެވެ.
ބ. މާޅޮސް: މި ރަށުގެ ޓޫރިޒަމް ޒޯނަށް އަމާޒުކޮށް ހިންގާ މި މަސައްކަތަށް 10.7 މިލިއަން ރުފިޔާ ޚަރަދުވާއިރު، މުޅި މަޝްރޫއު 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ހއ. އިހަވަންދޫ: އަލަށް އާބާދުވި ސަރަހައްދުގެ މި މަސައްކަތަށް 17 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހެވެ.
ރ. އިންނަމާދޫ: އަލަށް އާބާދުވި ސަރަހައްދަށް ޚިދުމަތް ދިނުމަށް 19.1 މިލިއަން ރުފިޔާ ޚަރަދުކުރާއިރު، މި މަސައްކަތްވެސް ނިންމުމަށް ހަމަޖެހިފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައެވެ.

މި މަޝްރޫއުތަކަކީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އަލަށް އާބާދުވާ ސަރަހައްދުތަކުގެ އިތުރުން ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ސަރަހައްދުތަކަށް އަސާސީ ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުމުގެ މަގްސޫދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement