55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން މެލޭޝިޔާ ކުންފުންޏަކާ ހަވާލުކޮށްފި
ކައުންސިލް އިދާރާ އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-ޕީއެސްއެމް ނިއުސް

55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން މެލޭޝިޔާ ކުންފުންޏަކާ ހަވާލުކޮށްފި

1 year ago - 19:20
Jan 20, 2025 - 19:20
Advertisement
Advertisement

55 ރަށެއްގެ ކައުންސިލް އިދާރާ އަޅަން މެލޭޝިޔާ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިނިސޓްރީ އޮފް ސިޓީސް ލޯކަލް ލީކަލް ގަވަރމަންޓް, ޕަބްލިކް ވަރކްސް އިން އެމަސައްކަތް ހަވާލުކުރީ މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލްއިންއާ އެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާތުމަތު މުނާ. ކޮންޓްރެކްޓަރގެ ފަރާތުން ސޮއިކުރެއްވީ  ހެކްސްޓަރ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޝަރީފް އެވެ. 55 ރަށުގެ ކައުންސިލް އިދާރާތައް އަޅަން ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ.

ޖާގައިގެ ދަތިކަން ހުރި އަދި ޒަމާނަށް ނުފެތޭ ދަށް ހާލަތުގައި ހުރި ކައުންސިލް އިދާރާތަކުގެ ބަދަލުގައި އާއިމާރާތްތައް އަޅައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ. އެމަސައްކަތް ފެށުމުގެ ގޮތުން ލޯކަލް ގަވަރމަންޓް މިނިސްޓްރީން ވަނީ ރަށްތަކުގެ ކައުންސިލް އިދާރާތަކުގެ ހާލަތު ދެނެގަންފައެވެ. 102 ރަށެއްގައި ކައުންސިލް އިދާރާ އެޅުމަށް ޝަރުތު ހަމަވާކަމަށް ވަނީ ކަނޑައަޅާފައެވެ.

https://x.com/MoCLPmv/status/1881331358309703959

ފުރަތަމަ ބުރުގައި އަޅާ ކައުންސިލް އިދާރާތައް ދެއަހަރާ ހަމަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ ކަނޑައަޅާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement