ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފި

1 hour ago - 08:06
Advertisement
Advertisement

ޤަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 9 ލައްކައަށްވުރެ ގިނަ އަދަދެއްގެ ބޭރު ފައިސާ އަތުލައިގެންފިއެވެ.

މިކަމާއި ގުޅިގެން ކަސްޓަމްސްއިން ބުނީ، މި ފައިސާ އަތުލަިއގެންފައިވަނީ ރާއްޖެއިން ބޭރަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) ފުރަން ދިޔަ އިންޑިއާގެ ފަސިންޖަރެއްގެ އަތުންކަމަށެވެ. އަދި އޭނާގެ އަތުން މި ފައިސާ އަތުލައިގެންފައިވަނީ މި މަހުގެ 7 ވަނަ ދުވަހު ކަމަށެވެ. 

އަދި މި ފައިސާގެ ތެރޭގައި އެކި ގައުމުތަކުގެ ފައިސާ ހިމެނޭއިރު، މި ފައިސާއަކީ ކަސްޓަމްސްއަށް ޑިކްލެއާ ނުކޮށް ގަވާއިދާ ހިލާފަށް ބޭރުކުރަން އުޅުނު ފައިސާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން އިތުރަށް މައުލުމާތުދީފައިވާގޮތުގަިއ، މި މިހާގެ އަތުން ޖުމްލަ 905,669.80 (ނުވަލައްކަ ފަސްހާސް ހަސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އަށްޑިހަ ލާރި) ދިވެހި ރުފިޔާއަށް ފެނިފައިވާ ކަމަށެވެ. 

ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުން، ވަކި އަދަދަކަށް ރާއްޖެއިން ބޭރަށް ފައިސާ ގެންދާނަމަ ނުވަތަ އެތެރެކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement