ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

2 hours ago - 18:02
Advertisement
Advertisement

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވައިފައެވެ.


މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، ސްޕޯޓްސް އެންޑް ފިޓްނެސްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ކިނާން އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުއެވެ.


މިއީ 1.81 މިލިއަން ރުފިޔާއަށް، 120 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަސައްކަތެކެވެ. މަޝްރޫއުގައި ހިމެނޭ މަސައްކަތްތަކަށް ބަލާއިރު، ކޮންކްރީޓާއި ދަގަނޑުގެ މަސައްކަތް ކުރުމާއި، ބޭނުންވާ އިކުއިޕްމަންޓް ހަރުކުރުން، ޓާފް އެޅުމާއި، ކަރަންޓުގެ މަސައްކަތްވެސް ކުރުން ހިމެނެއެވެ.


އާބާދީގައި 1400 މީހުން ދިރިއުޅޭ ދެއްވަދޫގައި ތަރައްގީކުރާ މި ހޭންޑްބޯޅަ ކޯޓާއެކު އެރަށުގެ ޒުވާނުންގެ ކުޅިވަރުގެ އުންމީދު ފުރިހަމަވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އެރަށުގެ މީހުންގެ ސިއްހަތާއި އިޖުތިމާއީ ކުރިއެރުމަށްވެސް ފައިދާ ލިބޭނެކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.


އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދި، ފާއިތުވި 45 އަހަރުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާ ގުޅޭ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކުންފުންޏެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement