މަތިވެރީގެ އެންމެ ބޮޑު ޓޫރިޒަމް ބިން 50 އަހަރަށް ކުއްޔަށް ދޭން ބީލަމަށް ހުޅުވާލައިފި

މަތިވެރީގެ އެންމެ ބޮޑު ޓޫރިޒަމް ބިން 50 އަހަރަށް ކުއްޔަށް ދޭން ބީލަމަށް ހުޅުވާލައިފި

9 minutes ago - 09:18
Advertisement
Advertisement

އއ. މަތިވެރިން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ "ޓޫރިޒަމް ޒޯން 1" ތަރައްގީކުރުމަށްޓަކައި، ބީލަން ހުށަހެޅުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އާންމުކޮށް ހުޅުވާލައިފިއެވެ.

ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި އޮންނަ މި ބިމުގެ ބޮޑުމިނުގައި 47،000 އަކަފޫޓު ހުރެއެވެ. ކައުންސިލުން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ވިޔަފާރިއަކަށް މި ބިން 50 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދޫކުރުމަށެވެ. މަތިވެރި ކައުންސިލްގެ އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބީލަމުގެ މަރުހަލާ ކުރިއަށްދާނީ "ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަން ދިނުމުގެ އުސޫލު" ގެ ދަށުންނެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އަންނަ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރަޖިސްޓްރީވާން ޖެހެއެވެ. އަދި ބީލަމުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 30،000 ރުފިޔާއެވެ.

ބީލަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 24 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައެވެ. މި ސެޝަން ކުރިއަށްދާނީ ކައުންސިލް އިދާރާގައެވެ. އަދި އޮންލައިންކޮށްވެސް މި ބައްދަލުވުމުގައި ބައިވެރިވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ. ބީލަންތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ 21 ޖެނުއަރީ 2027 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30 ގައި މަތިވެރި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އއ. މަތިވެރިއަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މަގުބޫލު ރަށެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގައި މިހާރުވެސް 12 ގެސްޓްހައުސް ހިންގަމުންދެއެވެ. އެ ރަށުގައި ފަތުރުވެރިކަމަށް ޚާއްސަކޮށްފައިވާ ތިން ސަރަހައްދެއް އޮންނައިރު، މިހާރު ބީލަމަށް ހުޅުވާލި "ޓޫރިޒަމް ޒޯން 1" އަކީ ބޮޑު ހޮޓަލެއް ނުވަތަ ފުޅާ މަޝްރޫއަކަށް ހާއްސަ ތަނެކެވެ. މީގެ އިތުރުން ދެވަނަ ޒޯނަކީ ގެސްޓްހައުސް އަޅަން ކަނޑައަޅާފައިވާ ސަރަހައްދެކެވެ. ތިންވަނަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަތިވެރި ފިނޮޅެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement