އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރޭ- ޚުޠުބާ
ހުކުރު ހުޠުބާއެއް އިއްވަނީ

އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރޭ- ޚުޠުބާ

8 hours ago - 14:39
Jul 4, 2025 - 14:40
Advertisement
Advertisement

އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރަން މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ހުޠުބާ ޚާއްޞަކޮށްފައިވަނީ ރިބާއަށެވެ.

ހުޠުބާގައި ވިދާޅުވެފައިވަނީ މީގެ ކުރީން މަޖުބޫރު ޙާލަތެއްގައި ތިބެ، ރިބާ ހިމެނޭ ލޯނުތަކާއި، އިންޝުއަރެންސު ނަގާން ޖެހުނު ކަމުގައި ވިޔަސް، މިއަދު މާތް ﷲގެ ރަޙުމަތާއެކު، އިސްލާމީ އުޞޫލުން ޚިދުމަތްދޭ ބޭންކުތަކާއި، ތަކާފުލް ކުންފުނިތައް ދިވެހިރާއްޖޭގައިވެސް ތަޢާރަފްވެފައިވާ ކަމަށެވެ. މީގެއިތުރުން މުޅި ދުނިޔޭގައިވެސް އެފަދަ ބޭންކްތައް ތަޢާރަފްވެފައިވާކަން ހުޠުބާގައި ފާހަގަކުރައްވާފައި ވެއެވެ. ހުޠުބާގައި ވިދާޅުވެފައިވަނީ ރިބާއާއި ޖުވާ ނުހިމެނޭ ގޮތަށް، ފައިސާގެ މުޢާމަލާތުތައް ހިންގާ ބޭންކުތަކާއި، ތަކާފުލް ކުންފުނިތަކާއި، މުއައްސަސާތައް ނުހިންގޭނެކަމަށް ބަޔަކު ދުށް ޒަމާން މިއަދު މާޒީވެއްޖެ ކަމަށެވެ.

މިއަދު މުސްލިމް ޤައުމުތަކުގެ އިތުރަށް އެހެނިހެން ޤައުމުތަކުގައި ވެސް އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް ފައިސާ ރައްކާކުރުމާއި، ފައިސާގެ މުޢާމަލާތުތައް ހިންގޭނެ ބޭންކުތަކާއި މުއައްސަސާތައް ވަނީ ކާމިޔާބުކަމާ އެކު ހިންގާން ފަށައިފައިކަން ފާހަގަކުރައްވާ ހުޠުބާގައި ވަނީ އޭގެތެރެއިން ބައެއް ގައުމުތައްވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއާއި، ކުވައިތާއި، ޤަޠަރާއި، މެލޭޝިޔާއާއި، ޕާކިސްތާނާއި، މިޞްރާއި، ޔޫއޭއީއާއި، ބަޙްރެއިނާއި، ސޫދާނާއި، އީރާނާއި، އިންޑޮނޭޝިޔާއާއި، އިނގިރޭސިވިލާތާއި، ޔޫރަޕުގެ ކިތަންމެ ޤައުމެއް ހިމެނޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތަށް، މާލީ މުޢާމަލާތުތައް ކުރެވެން ނެތް ކަމަށް މިއަދު ނިންމެން ނެތްކަމަށް ހުޠުބާގައި ވިދާޅުވިއެވެ.

"މިއަދު މިއޮތީ އިސްލާމީ ޝަރީޢަތާ އެއް ގޮތަށް މާލީ މުޢަމަލާތު ހިންގޭނެ މަގު ތަނަވަސްވެފައެވެ. އެހެންކަމުން އިސްލާމީ އުޞޫލުތަކާ އެއް ގޮތަށް ފައިސާގެ މުޢަމަލާތުތައްކުރުމަކީ، ދެ ދުނިޔޭގެ ކާމިޔާބީއާއި ފަލާޙު މިންވަރުކުރައްވާނޭ ގޮތްކަން ދަންނާށެވެ!" ހުޠުބާގައި ވިދާޅުވިއެވެ.

Advertisement
Advertisement

އިސްލާމް ދީނުގައި ރިބާގެ ހުރިހައި މުޢާމަލާތުތަކެއް ޙަރާމްކުރައްވާފައިވާކަން ފާހަގަކުރައްވާ ވިދާޅުވީ ބޭނުމަކީ އެއިން ލިބޭ ގެއްލުމުން ފަރުދުންނާއި މުޖުތަމަޢު ސަލާމަތްކުރުން ކަމަށެވެ.

ރިބާ ކާމީހާ ފާފަވެރިވާ ފަދައިން، އެކަމުގައި ޝާމިލުވާ އެހެނިހެން މީހުން ވެސް ފާފަވެރި ވާނެކަން ހުތުބާގައި ފާހަގަކުރެއްވިއެވެ.

"އަހަރެމެން ކެއުމުގައި ޙަލާލު ތަކެތި ހޯދުމަށް އިސްކަންދޭފަދައިން، އެތަކެތި ގަތުމަށް ބޭނުންކުރާ ފައިސާއަކީ ވެސް ޙަލާލު ގޮތުގައި ހޯދައިފައިވާ ފައިސާ ކަމުގައި ހަދާށެވެ! ތިމާއާއި ތިމާގެ އަނބިދަރީންގެ ކެއުމާއި، އަންނައުނާއި، ބޯހިޔާވަހިކަމަކީ، ރިބާގެ މުޢާމަލާތުތަކުން ހޯދި ފައިސާއިން ގަނެ ފޯރުކޮށްދޭ އެއްޗެއްކަމުގައި ނަހަދާށެވެ! އަދި ތިމާ ޙަލާލު ގޮތުގައި ހޯދާ ފައިސާ ރައްކާކުރެވެނީ ޙަލާލު ގޮތުގައިތޯ ބަލާށެވެ!" ހުޠުބާގައި ވިދާޅުވެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement