ރާއްޖެ-އެމެރިކާ ގުޅުމަށް 60 އަހަރު, ރައީސްގެ އުއްމީދަކީ އެމުނާސަބާ ފާހަގަކުރުން!

ރާއްޖެ-އެމެރިކާ ގުޅުމަށް 60 އަހަރު, ރައީސްގެ އުއްމީދަކީ އެމުނާސަބާ ފާހަގަކުރުން!

9 hours ago - 21:06
Jul 4, 2025 - 21:06
Advertisement
Advertisement

ރާއްޖެ އާއި އެމެރިކާގެ ހާރިޖީ ގުޅުމަށް އަންނަ އަހަރު 60 އަހަރު ފުރޭ މުނާސަބާ ފާހަގަކުރެއްވުމުގެ އުއްމީދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ފާޅުކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ފާޅުކުރެއްވީ އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސް ޑރ.މުޙައްމަދު މުއިއްޒު ވނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕަށާއި، އެމެރިކާގެ ސަރުކާރާއި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ފޮނުއްވާފައެވެ.

އަންނަ އަހަރު، ދިވެހިރާއްޖެ އާއި އެމެރިކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މުނާސަބާ ފާހަގަކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށެވެވ. އަދި އެ މުނާސަބާ ވެގެންދާނީ ދެ ޤައުމުގެ ދިރުންހުރި ގުޅުން ދައްކުވައިދޭ މުނާސަބަތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖެއްގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެމެރިކާގެ ރައްޔިތުންނަށް މިނިވަންކަމާއި ކުރިއެރުމަށް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެކަމުގެ އިތުބާރު އެބައޮތްކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެއްވުމުގެ ޢަޒުމުގައި ހުންނެވިކަމުގެ ޔަޤީންކަން ދެއްވިއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement