ބާސެލޯނާގެ އަމާޒަކަށްވި ނިކޯ ވިލިއަމް އެތްލެޓިކް ބިލްބާއޯއާއެކު 10 އަހަރުގެ އެއްބަސްވުމެއް!
ނިކޯ އެތްލެޓިކޯ ޖަރޒީގައި

ބާސެލޯނާގެ އަމާޒަކަށްވި ނިކޯ ވިލިއަމް އެތްލެޓިކް ބިލްބާއޯއާއެކު 10 އަހަރުގެ އެއްބަސްވުމެއް!

6 hours ago - 21:20
Jul 4, 2025 - 21:21

ބާސެލޯނާއިން ގެންދަން ބޭނުންވެ, ފަހުވަގުތާ ހަމައަށްވެސް މަސައްކަތްކުރި ސްޕެއިންގެ ވިންގަރ ނިކޯ ވިލިއަލް އެތްލެޓިކް ބިލްބާއޯއާއެކު 10 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެތްލެޓިކޯ ބިލްބާއޯއާއެކު ނިކޯ ސޮއިކުރި އާއެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައިވެސް އޭނާ ގެންދަން ބާސާއަށް އިތުރަށް އުނދަގޫވީއެވެ. 2027 ވަނަ އަހަރުގެ ނިޔަލަށް ހަމަވާން އޮތް އެއްބަސްވުމެއް އޮއްވާ ނިކޯ ސޮއިކުރި އާއެއްބަސްވުމާއެކު އޭނާ އަކީ 2035 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އެކްލަބްގެ ކުޅުންތެރިއެކެވެ. ނިކޯ ގެންދާނަމަ އެކްލަބަކުން ދައްކަންޖެހޭ ފީވެސް ވަނީ %50 ބޮޑުކޮށްފައެވެ. ދެން ނިކޯ ގެންދާ ކްލަބަކުން 62 މިލިއަން ޕައުންޑްގެ ފީއެއް އެތްލެޓިކް ބިލްބާއޯއަށް ދައްކަން ޖެހޭނެއެވެ.

އާ އެއްބަސްވުމުގައި ނިކޯ ސޮއިކުރީ މުސާރައިގެ ބޮޑު ކުރިއެރުމަކާވެސް އެކުއެވެ. އޭނާ އެއްބަސްވުން އާކުރީ ބާސެލޯނާގެ އިތުރުން, ޖަރުމަނުގެ ބަޔާން މިއުނިކުންވެސް އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކޮށްފައި ވަނިކޮށެވެ.

އާއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނިކޯ ބުނީ އޭނާ ހުރީ އޭނާގެ ގޭގައި އޭނާގެ މީހުންނާ އެކުކަމަށެވެ. އަދި އޭނާ ހުންނަން ބޭނުންވާ ތަނުގައި ކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow