މުޅި އުމުރު ފުޓްބޯޅައަށް ޚިދުމަތްކުރި ސާންތި ކޯޗު ނިޔާވެއްޖެ
ކޯޗު ސާންތި

މުޅި އުމުރު ފުޓްބޯޅައަށް ޚިދުމަތްކުރި ސާންތި ކޯޗު ނިޔާވެއްޖެ

3 days ago - 01:38
Mar 23, 2025 - 01:41
Advertisement
Advertisement

މުޅި އުމުރު ފުޓްބޯޅައަށް ޚިދުމަތްކުރި އިހުސާން ޢަބްދުލްޣަނީ (ސާންތި) ކޯޗު ނިޔާވެއްޖެ އެވެ. ސާންތި ނިޔާވީ މިރޭ ޓްރީޓޮޕް ހޮސްޕިޓަލްގައެވެ.

ސާންތި ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އެބައްޔަށް ފަރުވާ ހޯދަމުންދާތާ ދޮޅު އަހަރެއްހާ ދުވަސް ވަނީ ވެފައެވެ. 2008 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ސާފްޗެމްޕިއަންޝިޕް ހޯދިއިރު އެސިސްޓެންޓަކަށް މަސައްކަތް ކުރި ސާންތިއަކީ ދިވެހި ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ޚިދުމަތްތެރިޔާއެވެ. 

2008 ގެ ތަށި ހޯދި ޖީލުގެ އިތުރުން މިޖީލުގެ ގިނަ ކުޅުންތެރިންނަކީ ސާންތި ކޯޗުގެ އިރުޝާދު ލިބުނު ކުޅުންތެރިންނެވެ. އޭނާ ޚާއްސަވެފައި ވަނީ ވެސް ޒުވާން ކުޅުންތެރިން އުފައްދާ އެކުޅުންތެރިންނާއެކު ކާމިޔާބު ހޯދި ކޯޗެއްގެ ގޮތުގައެވެ.

ބޮޑަތި މުބާރާތްތަކުގެ އެނަލިސިސް ގެނެސް ދިނުމުގައިވެސް ޓީވީން ފެނުނުނު އެންމެ އިތުބާރު އެއް ނަމަކީ ސާންތިއެވެ. ސާންތިގެ ވަކިވުމާ ގުޅިގެން އެތައްބަޔަކު ދަނީ ހިތާމަފާޅުކުރަމުންނެވެ.

Advertisement
Advertisement

ރައީސުލްޖުންހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.

‏ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް އެމަނިކުފާނު ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.

‏"މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން!" ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement