މިހާރު ޕެޓްރޯލް ލީޓަރެއް 13.50 ރުފިޔާއަށް، މިއީ 48 ލާރީގެ އަގުހެޔޮވުމެއް
އެސްޓީއޯއިން މިވަނީ ޕެޓްރޯލް ގެ އަގު ހެޔޮކޮށްފައި / ފޮޓޯ:އެސްޓީއޯ

މިހާރު ޕެޓްރޯލް ލީޓަރެއް 13.50 ރުފިޔާއަށް، މިއީ 48 ލާރީގެ އަގުހެޔޮވުމެއް

2 days ago - 11:38
Mar 23, 2025 - 13:47

އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު ލީޓަރަކުން 48 ލާރި އަގުހެޔޮ ކޮށްފިއެވެ. މި ބަދަލާ ގުޅިގެން މިހާރު އެސްޓީއޯގެ ފިއުލް ސްޓޭޝަންތަކުން ޕެޓްރޯލް ލީޓަރެއް ލިބޭނީ 13.50 ރުފިޔާއަށެވެ.

އެސްޓީއޯއިން ވިދާޅުވީ މިފަދަ ބަދަލެއް ގެނައީ ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށެވެ. އެސްޓީއޯއިން ޕެޓްރޯލްގެ އަގަށް މިގެނައި ހެޔޮ ބަދަލާއިއެކު، އެސްޓީއޯގެ ތިޔޮވިއްކާ ހުރިހާ ތަނަކުންވެސް ހެޔޮކުރި އަގުގައި ޕެޓްރޯލް ލިބޭނެކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މިއަގަށް ބަދަލު ގެނައުމުގެ ކުރިން މިހާތަނަށް އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައިސްފައިވަނީ 13.98 ރުފިޔާއަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow