ޖެނުއަރީ މަހު ރެކޯޑް އަދަދަކަށް މިފްކޯއަށް މަސް ކިރުވައިފި
ޖެނުއަރީ މަހު ރެކޯޑް އަދަދަކަށް މިފްކޯއަށް މަސް ކިރުވައިފި އެވެ. މިދިޔަ ޖެނުއަރީ މަހު 8,324 ޓަނުގެ މަސް މިފްކޯއަށް ވަނީ ކިރުވާފައެވެ.
މިފްކޯއިން ބުނީ މިއީ 1997 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖެނުއަރީ މަހެއްގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް އެންމެ ގިނައިން މަސްކިރުވި މިދިޔަ މަހު ކަމަށެވެ. މިއީ ފާއިތުވި 28 އަހަރުގެ ތެރޭގައި ޖެނުއަރީ މަހެއްގެ ރެކޯޑް އަދަދެވެ.
މިފްކޯއަށް މަސްކިރުވާވަރު އިތުރުވެފައިވާކަން ފާހަގަކޮށް އެކުންފުނިން ބުނީ މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދެމުންދާ ކަމަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވ
މިފްކޯ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު 91 ދޯންޏަކުން ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.
ރިއެކްޝަންސް