ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވާން ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ
ވިޔަފާރީގައި އިތުރަށް ސަމާލުވާން ފުލުހުން ަވނީ އެދިފައި

ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވާން ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެ

2 days ago - 15:06
Feb 3, 2025 - 15:06
Advertisement
Advertisement

ފޭސްބުކް މާކެޓްޕްލޭސް ސްކޭމް ތަކަށް ސަމާލުވާން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން އެދިއްޖެއެވެ.

ސައިބަރ ކްރައިމް ސެންޓަރުން ދާދި ފަހުން ވަނީ އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް ތަޢާރަފްވެފައިވާކަން ވެސް ހާމަކޮށްފައެވެ.

ސައިބަރ ކްރައިމް ސެންޓަރުން އެދުނީ ޝައްކު އުފެދޭ ލިސްޓިންގ އަދި ޕޯސްޓް ތަކަށް ސަމާލުވުމަށެވެ. އެދި ލިސްޓްކޮށްފައިވާ އެއްޗެއްގެ އަގުހެޔޮ ކަމަށް ފެނުނަސް ނުވަތަ ރަނގަޅު ޑީލެއްހެން ހީވިޔަސް އެ އެއްޗެއް ގަތުމުގެ ކުރިން އިތުރަށް ދިރާސާ ކުރުމަށްވެސް ވަނީ އެދިފައެވެ.

ވިއްކާ މީހާގެ ޕްރޮފައިލް ޗެކް ކުރުމަށާއި ސްކޭމް ކުރާ މީހުންގެ ފޭކް މާކެޓްޕްލޭސް ޕްރޮފައިލް ތަކުގައި ހާމަކޮށްފައި ހުންނަ މައުލޫމާތު މަދު ނަމަ އަދި އައު ޕްރޮފައިލެއް ނަމަ ނުވަތަ ރައްޓެހިން މަދުނަމަ އިތުރަށް ޔަގީން ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ. ރަނގަޅު އިތުބާރު ކުރެވޭ ވިއްކާ ފަރާތެއްނަމަ ކޭޝް އޮން ޑެލިވަރީ އިޚްތިޔާރު ކުރުމަށާއި މިގޮތަށް ކަންތައް ކުރުމުން މުދާ އަތަށް ލިބި އިތުރަށް ބަލަން ފުރުސަތު ލިބިގެންދާނެ ކަން އެ ސެންޓަރުން ފާހަގަކުރެއްވިއެވެ. ދެ ފަރާތުގެ ރުހުމާއެކު ވިޔަފާރި ފުރިހަމަ ކުރުމަށްވެސް ސައިބަރ ކްރައިމް ސެންޓަރުން ވަނީ އެދިފައެވެ.

Advertisement
Advertisement

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު ދަނީ ބަދަލު ކުރަމުން ކަމަށް ސައިބަރ ކްރައިމް ސެންޓަރުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement