ލޯނު އެއްބަސްވުމެއްގެ ދަށުން ރަޝްފޯޑް އެސްޓަން ވިލާއަށް
މާކަސް ރަޝްފޯޑް މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓަޑް އިން އެސްޓަންވިލާއަށް ބަދަލުވެއްޖެއެވެ.
މަސްދަރުތަކާ ހަވާލާދީ އިއެސްޕީއެންގައި ވާގޮތުން އެއްބަސްވުން ދާއިމީކުރުމާގުޅޭ ބައެއްވެސް އެއްބަސުވުމުގައި ވަނީ ހިމަނާފައެވެ. އެއްބަސްވުމުގައި އޭނާއާށް މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި ބޮޑު އަދަދެއް ކަނޑައެޅިފައިވާއިރު, ވިލާއިން އެއްބަސްވުން ދާއިމީ ނުކޮށްފި ނަމަ ސީޒަން ނިމުމުން އޭނާ އެނބުރި ހޫނު މޫސުމުގައި އޯލްޑް ޓްރެފޯޑަށް އަންނާނެކަމަށް ބެލެވެއެވެ.
"އަހަރެން ބޭނުން މެންޗެސްޓަރ ޔުނައިޓަޑް އަދި އެސްޓަންވިލާއަށް މި އެއްބަސްވުން ހަމަޖައްސައިދިން ކަމަށްޓަކައި ޝުކުރު އަދާކުރަން" ވިލާއަށް ބަދަލުވިކަން ރަސްމީކޮށް އިއުލާންކޮށް އިންސްޓަގްރާމްގައި އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ރަޝްފޯޑް ބުނެފައި ވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މަދު ކްލަބަކުން އޭނާ ހޯދަން އެދުނު ކަމަށާއި, ނަމަވެސް ވިލާއަކީ އެންމެ ފަސޭހަ ނިންމުންކަމަށެވެ. އަދި ވިލާއިން މިސީޒަންގައި ކުރިއަށްދާ ގޮތާމެދު އޭނާ ފަހުރުވެރި ވާކަމަށާއި, ކޯޗުގެ އުއްމީދުތައްވެސް ރަނގަޅު ކަމުގައެވެ. އަދި އެނާ ބޭނުންވަނި ފުޓްބޯޅަ ކުޅެން ކަމަށާއި, ވިލާއާ އެކު ކުރިއަށް ދިއުމަށް ކެތްމަދުވެފައި ހުރި ކަމަށެވެ. ނިންމާލަމުން އޭނާ ވަނީ މެންޗެސްޓަރ ޔުނައިޓަޑްގެ އެންމެނަސް ސީޒަންގެ ބާކީ އޮތް ބަޔަށް ކާމިޔާބީއަށް އެދިފައެވެ.
ޔުނައިޓަޑްއިން ޔުރޮޕާލީގުގައި ވިކްޓޯރިއާ ލެޒެން އާ ދެކޮޅަށް ޑިސެމްބަރު 12 ވަނަ ދުވަހު ކުޅެ މޮޅުވި މެޗަށްފަހު ރަޝްފޯޑަށް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ. ކޯޗު ރުބެން އަމޮރިމް ވަނީ ރަޝްފޯޑް ޓްރެއިނިންގ ތަކުގައި އެކަށީގެންވާ ވަރަށް ފެންވަރު ނުދައްކާ ކަމަށް ބުނެ ސްކޮޑުން ޖާގަ ދިނުމަށް ދެކޮޅުހަދާފައެވެ.
ޖެނުއަރީ 26 ގައި ފުލަމް އަތުން 1-0 ން މޮޅުވި މެޗަށްފަހު އަމޮރިމް ބުނެފައިވަނީ ރަޝްފޯޑްގެ ބަދަލުގައި 63 އަހަރުގެ ގޯލް ކީޕަރު ކޯޗު ހޯގް ވިޓާލް އަށް ފުރުޞަތުދޭންވެސް އޭނާއަށް މާ ފަސޭހަ ކަމުގައެވެ.
ރަޝްފޯޑް އަށް ވަދާއުކިޔާ ކްލަބުން ނެރުނު ސްޓޭޓްމަންޓްގައި ޔުނައިޓަޑްގެ ފަރާތުން އެނާއަށް ކާމިޔާބީއަށް އެދިފައި ވެއެވެ.
ރިއެކްޝަންސް