ޔުވެންޓަސް އަތުންވެސް ސިޓީ ބަލިވެ ގާޑިއޯލާ އޭނާގެ އަމިއްލަ ނަފްސާމެދު ސުވާކު އުފައްދައިފި
ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހު ޔުވެންޓަސް އަތުން 2-0 ނެ ބަލިވުމުން މެންޗެސްޓަރ ސިޓީގެ ކޯޗު, ޕެޕް ގާޑިއޯލާ އޭނާގެ އަމިއްލަ ނަފްސާމެދު ސުވާލު އުފައްދައިފިއެވެ. ސިޓީން މިސީޒަނުގައި އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން ވަނީ ބަލިވެފައެވެ.
މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނީ 53 ވަނަ މިނިޓްގައި ދުސާން ލަހޮވިޗް އެވެ. ދެވަނަ ގޯލް 75 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވެސްޓަން މެކްކޭނީ އެވެ.
"ޔަޤީން (އަހަރެން އަމިއްލަ ނަފްސާމެދު ސުވާކު ކުރެވޭ) އަހަރެން އެހެން ހިތަށްއަރާ. އެކަމަކު އަހަންނަކީ ރަނގަޅު އަދި ގޯސް ވަގުތުތަކުގައިވެސް ހަމަޖެހިގެން ހުންނަ މީހެއް. އަހަރެން މިއުޅެނީ މިކަމަށް ޙައްލެއް ހޯދޭތޯ ހަމަ. ޑްރެސިން ރޫމްވެސް ހަމަޖެހިގެން އޮންނާނީ. މޮޅުވީމަ އުފާވާނެ. ބަލިވީމާ ދެރަވާނެ. އިތުރަށް ކީއްކުރެވޭނީ. ދެރަވޭ މި ހާލަތާ މެދު. އަހަރެމެން ކަންކަން ރަނގަޅުކޮށް ކުރިއަށް ދާނަން" މެޗަކުން މޮޅުނުވެވުމުގެ ސިލްސިލާ ދިގުލައިގެން ގޮސް ގާޑިއޯލާ ވަނީ އޭނާގެ އަމިއްލާ ނަފްސާމެދު ސުވާލު އުފައްދާފައެވެ.
ސިޓީ އެހާލަތުގައި އޮންނަތާ މަހެއްހާ ދުވަސް ވީކަމަށާއި, ނަމަވެސް އެ އަޑިގަނޑުން އަރައިގަނެ ކުރިއަށްދާން ހިތްވަރާއެކު މަސައްކަތްކުރާކަމަށް ގާޑިއޯލާ ބުންޏެވެ. އަދި ދިރިއުޅުމުގައި އެހާ ރަނގަޅުނޫން ދުވަސްތައްވެސް އަންނާނެ ކަމަށާއި އެއްވެސް ކަމަކީ އަބަދު އެއްގޮތަކަށް އޮންނާނެ ކަންކަން ނޫންކަމުގައިވެސް އޭނާ ބުންޏެވެ.
ޔުވެންޓަސް އަތުން ބަލިވެ ސިޓީ އޮތީ ތާވަލްގެ 22 ވަނައިގައި ހަމެޗުން އެންމެ 8 ޕޮއިންޓާއެކުއެވެ. ހަތްވަނަ މެޗަށް އަންނަ މަހު ޕީއެސްޖީއަށް ސިޓީ ދަތުރުކުރާއިރު އެމެޗުން ބަލިވެއްޖެނަމަ ޗެމްޕިއަންސްލީގުގެ ތާވަލްގެ ފުލުގައި އޮންނަ އަށް ޓީމުގެ ތެރޭގައި ސިޓީ ހިމެނުން ގާތެވެ.
ރިއެކްޝަންސް