އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓް ލިސްޓަށް އަސަރެއް ނުކުރާނެ- ހައުސިންގ މިނިސްޓްރީ
ފަޔަރ ފައިޓަރުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަނީ: ފޮޓޯ-އެމްއެންޑީއެފް

އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓް ލިސްޓަށް އަސަރެއް ނުކުރާނެ- ހައުސިންގ މިނިސްޓްރީ

1 year ago - 10:23
Dec 12, 2024 - 10:23
Advertisement
Advertisement

އަލިފާނުގެ ހާދިސާގެ ސަބަބުން ފްލެޓް ލިސްޓަށް އަސަރެއް ނުކުރާނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ. ހައުސިންގ މިނިސްޓްރީއާއި އިންފްރާސްޓްރަކްޗަރ ހިމެނޭ އިމާރާތުގައި އަލިފާން ރޯވެ, އެއިމާރާތް ބިމާ ހަމަވުމާއެކު ފްލެޓް ލިސްޓަށް ވާނެ ގޮތަކާ މެދު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް, ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނެއް ގައި ބުނީ ހާދިސާއާ ގުޅިގެން ފްލެޓް ލިސްޓަށް އަސަރު ނުކުރާނެ ކަމަށެވެ.

މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ އެމިނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫމާތު ކަމަށެވެ. އެހެންކަމުން ހާދިސާގެ ސަބަބުން މައުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement