އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 115 އަށް!
ހައުސިންގ މިނިސްޓްރީގެ އިމާރާތް ވެއްޓެނީ: ފޮޓޯ-އެމްއެންޑީއެފް

އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅަންވީ 115 އަށް!

ޒުވާނުންގެ މަރުކަޒުގައި އިމަޖެންސީ އިވެކިއުއޭޝަން ސެންޓަރު ވަނީ ޤާއިމްކޮށްފަ

1 year ago - 10:13
Dec 12, 2024 - 10:14
Advertisement
Advertisement

ހައުސިންގ މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިމެނޭ އިމާރާތުގައި އަލިފާން ރޯވެ ހިނގި ހާދިސާއާއި ގުޅިގެން އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 115 އަށް ގުޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެދިއްޖެއެވެ.

އެސެންޓަރުން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ޒުވާނުންގެ މަރުކަޒުގައި އިމަޖެންސީ އިވެކިއުއޭޝަން ސެންޓަރެއް ޤާއިމްކޮށްފައިވާ ކަމަށެވެ. ސެންޓަރަށް ދިއުމުންވެސް އަދި 115 އަށް ގުޅުމުންވެސް އެހީތެރިކަން ފޯރުކޮށެދޭނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުންޏެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެއިމާރާތް ހިމެނޭ ސަރަހައްދު ތަކުގެ ގެތަކުން ސިފައިންނާއި ފުލުހުން ވަނީ މީހުން ހުސްކޮށްފައެވެ. އަދި އަލިފާން ރޯވި އިމާރާތުން ލިޔެލިޔުންތައް ސަލާމަތް ކުރުމުގެ މަސައްކަތްވެސް ފުލުހުންނާއި ސިފައިން ދަނީ ކުރަމުންނެވެ.

އަލިފާން ނިއްވާލެވުމަށް ކަމަށް އެމްއެންޑިއެފްއިން ނުބުނެއެވެ. ނަމަވެސް އެއިމާރާތް މިހާރު ވަނީ ގާތްގަނޑަކަށް ބިމާ ހަމަވެފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement