
މިދިޔަ އަހަރު އޮކްޓޯބަރު މަހު ރާއްޖެއައި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަނީ
އެންމެފަހުން އޭނާގެ ޚަބަރެއްވީ އޮކްޓޯބަރު 24 ވަނަ ދުވަހު
ޗައިނާ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.
ފުލުހުން ބުނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ ގެއްލިގެން ރިޕޯރޓްކުރީ އާއިލާއިން ކަމަށެވެ. އާއިލާއިން އެކަން ރިޕޯރޓްކުރީ ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށެވެ. ފުލުހުންނަށް ރިޕޯރޓްކުރީ އެމްބަސީންނެވެ. ފުލުހުން ބުނީ އެއިދާރާއަށް ރިޕޯރޓްކުރީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެއިދާރާއިން ބުންޏެވެ.
ސޫ ޒިއޯނިންގ ރާއްޖެ އައީ ޓްއަރިސްޓް ވިސާގެވެ. އޭނާ ރާއްޖެ އައީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަމަށް ފުލުހުން ބުންޏެވެ. " ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވެއެވެ." ފުލުހުން ބުންޏެވެ.
ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ރިއެކްޝަންސް






