
'ޓްރަމްޕް ބޭނުންވަނީ ޣައްޒާއިން ފަލަޞްޠީނު ރައްޔިތުން ބާލާ އެ ބިން އިޒްރާއިލްއަށް ދޭން'
އުރުދުން އަދި މިޞްރުގައި ވަނީ ޣައްޒާގެ ރައްޔިތުން އެ ޤައުމުތަކަށް ގެންދިއުމަށް ގޮވާލާފަ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޢައްޒާ ސާފުކޮށްލަން" ބޭނުންވާކަމަށް ބުނެފިއެވެ. ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން އަވައްޓެރި އުރުދުން އަދި މިޞްރުން ގެންދިއުމަށް އެގައުމުތަކަށް ގޮވާލާފައެވެ.
އެމެރިކާގެ އެއަރފޯސްފައި ހޮނިނިރުދުވަހު ރިޕޯޓަރުންނާ ވާހަކަދައްކަމުން ޓްރަމްޕް ބުނީ އޭނާ އުރުދުންގެ ރަސްގެފާނު ޢަބްދުالله އަދި މިޞްރުގެ ރައީސް އަބްދުލް ފައްތާޙް އެލް-ސިސި އަށް އެކަމަމާގުޅިގެން އާދިއްތަ ދުވަހު ރަސްމީކޮށް ގުޅާނެކަމަށް ވެސް ބުނެފައެވެ.
އެރަސްމިއްޔާތުގައި ޓްރަމްޕް ވަނީ އިޒްރާއިލްއަށް ފޯރުކޮށްދިނުން މެދުކަނޑާލާފައިވާ 2000 ޕައުންޑްގެ ބޮންތައް އަލުން ފޯރުކޮށްދޭނެކަން އިއުލާންކޮށްފައެވެ.
"އަހަރެން ބޭނުން މިޞްރުން އެމީހުން ގެންދަން. މިދައްކަނީ މިލިއަނެއް ނުނީ ބައިމިލިއަން ވާހަކަ. ދެން އަނެއްބައި އުރުދުން އިން" ޓްރަމްޕް މި މޭރުމުން ވާހަކަ ދެއްކިއިރު ޣައްޒާގެ އާބާދީ އަކީ 2.4 މިލިއަން މީހުންނެވެ. އުރުދުން އަދި މިޞްރަށް އެހީތައް އޮއްސާލާ އެޤައުމުތަކަށް ޣައްޒާގެ ރައްޔިތުން ގެންދިއުމަކީ ޓްރަމްޕްގެ ޕްލޭންއެވެ.
ޓްރަމްޕް ބުނެފައިވަނީ އުރުދުންއަކީ މިހާރުވެސް ފަލަޞްޠީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި ގިނަ އަދަދަކަށް ބަލައިގެންފައިވާ ޤައުމެއް ކަމަށާއި. އެކަން އަދިވެސް އެގޮތަށް ކުރުމަށް އެދޭކަމުގައެވެ.
އިޒްރާއިލް އިން 467 ދުވަސްވަންދެއް ޣައްޒާގެ ރައްޔިތުންގެ މައްޗަށް ހިންގި ޤަތުލްއާންމުގައި ޣައްޒާގެ އާބާދީގެ 2.4 މިލިއަން މީހުން އެއްކޮށް ވަނީ ގެދޮރުގެއްލި ވިއްސިވިހާލިވެފައެވެ. ޓްރަމްޕް ބުނެފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ކުރު ނުވަތަ ދިގު މުއްދަތަކަށްވެސް ދެވިދާނެ ކަމުގައެވެ.
ރިއެކްޝަންސް






