ހިޒްބުالله އިން ހަތިޔާރު ދޫކޮށް އަމާންދޭންޖެހޭ އެއްބަސްވުމެއް ނޯއްނާނެ: ލީޑަރު ނައީމް ޤައްސާމް
ހިޒްބުالله ގެ އާ ލީޑަރު ނައީމް ޤައްސާމް. ފޮޓޯ: އަލްޖަޒީރާ

ހިޒްބުالله އިން ހަތިޔާރު ދޫކޮށް އަމާންދޭންޖެހޭ އެއްބަސްވުމެއް ނޯއްނާނެ: ލީޑަރު ނައީމް ޤައްސާމް

16 hours ago - 23:17
Jul 20, 2025 - 09:41

އެމެރިކާއިން ހުށަހަޅާފައިވާ އެއްބަސްވުމަކީ ހިޒްބުالله އިން ހަތިޔާރު ދޫކޮށް ދުޝްމަނުންނަށް އަމާންދިނުމަށް ކަމަށް ވާނަމަ ހިޒްބުالله އިން އެއްބަސްވާންޖެހޭ އެއްބަސްވުމެއް ނޯންނާނެކަމަށް ލީޑަރު ނައީމް ޤައްސާމް ވިދާޅުވެއްޖެއެވެ. 

މިދިޔަ މަހު އެމެރިކާއިން ލުބުނާނަށް ފޮނުވި ހާރިޖީ ސަފީރު ތޯމަސް ބަރަކް ވަނީ ލުބުނާނާއި އިޒްރާއިލްގެ ހަމަނުހެޖުންތައް ހުއްޓުވުމަށް އެމެރިކާއިން ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުމުގެ އެންމެ މުހިންމު ކަމަކީ ހިޒްބުالله އިން އަމާންދިނުމެވެ.

"އަހަރެމެން އިޒްރާއިލްއަކަށް އަމާންނެއް ނުދޭނެ. އިޒްރާއިލްއަކަށް އަހަރެމެންގެ ހަތިޔާރު ދޫކޮށްލުމަށް އެއްވެސްކަމެއް ނުކުރެވޭނެ" ހުކުރު ދުވަހު އާންމުކޮށްފައިވާ ވީޑިއޯ މެސެޖުގައި ނައީމް ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނީ އިޒްރާއިލްއިން ލުބުނާނުގެ ބިންތަކަށް ވެރިވެ, އެބިމުގެ ބައިތައް އިޒްރާއިލްއިން ކޮންޓްރޯލްކުރަން ޖާގަ ނުދޭނެކަމަށާއި ހަތިރާރު ދޫކޮށްލައިފިނަމަ އިޒްރާއިލްގެ މަޤްސަދު ހާސިލްވާނެ ކަމުގައެވެ.

Advertisement
Advertisement

ވޮޝިންގްޓަން އިން ތުރުކިޔޭ އަދި ސީރިއާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަރަކް މިމަހު ކުރީކޮޅުވަނީ ލުބުނާން-އިޒްރާއިލްއާ ގުޅޭގޮތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ލުބުނާނުގެ އިދާރާތަކުން ލިބިފައިވާ ޖަވާބާމެދު "ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ވިދާޅުވެފައެވެ. އަދި ޕްލޭން އޮތީ 'ގޯ ފޯވާޑް" ގައި ކަމުގައެވެ. 

އެމެރިކާގެ ހުށަހެޅުމާ ގުޅޭގޮތުން ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލީމް އަލް ޖަދީދް ޓީވީއަށް ދީފައިވާ ބަސްދިގަތުމެއްގައި ވަނީ އިޒްރާއިލްއިން ލުބުނާންގެ ބިިންތަކަށް އަތްގަދަ ކުރުމަކީ ހަޤީގަތެއް ކަމަށާއި, ނަމަވެސް އެމެރިކާގެ ހުށަހެޅުމަކީ އިޒްރާއިލް ފައްސާލެވިދާނެ "ފުރުޞަތަކަށް" ވެސް ވެދާނެކަމަށް ވިދާލުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow