ގެދޮވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތުހަމަކުރަން ގޯތި ދޫކޮށްލަންޖެހޭ ގޮތަށް ހެދި އުސޫލު ބާތިލްކޮށްފި
ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްތަލިބް. ފޮޓޯ: މިނިސްޓްރީ

ގެދޮވެރިޔާ ސްކީމްގެ ފްލެޓަށް ޝަރުތުހަމަކުރަން ގޯތި ދޫކޮށްލަންޖެހޭ ގޮތަށް ހެދި އުސޫލު ބާތިލްކޮށްފި

16 hours ago - 22:53
Jul 20, 2025 - 09:27
Advertisement
Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ 4000 ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބިންވެރިޔާ ސްކީމްގެ ދަށުން އެމީހެެއްގެ އަނބިމީހާ/ފިރިމީހާއަށް ގޯތި ލިބިފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނީ ބިންވެރިޔާ ސްކީމުން ލިބިފައިވާ ގޯތި ދޫކޮށްލަށް އެއްބަސްވާކަމަށް ވާނަމަ ކަމުގައި ބަޔާންކޮށް މެއި މަހު ހެދި އުސޫލު ބާޠިލްކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން, ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން ރޭ ނެރުނު އިއުލާނުގައި ބުނެފައިވަނީ އެކަމާ ގުޅިގެން 29 މެއި 2025 ގައި އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގެ 2 ވަނަ ނަމްބަރުގެ (ށ) އަށް އަމަލުނުކުރާގޮތަށް މިިހާރު ނިންމާފައިވާކަމުގައެވެ. އަދި އެއީ އެކަމުގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކުރުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ވަނީ މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލަށް ގެނައި ބަދަލު އަނބުރާ ގެންދިޔައީ ބިންވެރިޔާ ސްކީމްގެ ދަށުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ހުޅުމާލެ ފޭސް 3 އަދި ގިރާވަރުފަޅު މިހާރުވެސް ހިއްކަމުންދާތީއާއެކު, އެބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ވަގުތުނަގާނެތީ ކަމުގައި މިނިސްޓްރީގެ ނިންމުމުގައި ބުނެފައި ވެއެވެ.

މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ 15 ނޮވެމްބަރު 2023 ގައި މިނިސްޓްރީން އިއުލާންކުރި ލިސްޓާ ގުޅިގެން, ފްލެޓްނަމްބަރު ގުރުއަތު ނަގައި, ލިބޭ ފްލެޓް ކަނޑައެޅިިފައިވާ ފަރާތްތަކުގެ ތެރެއިން ބިންވެރިޔާ ސްކީމުން އަނބިމީހާ/ފިރިމީހާއަށް ގޯތިލިބިފައިވާ އެއްވެސް ފަރާތަކަށް ޝަރުތުހަމަނުވާކަމުގެ ލިޔުން މިހާތަަނަށް ފޮނުވާފައި ނުވާނެކަމުގައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement