
އިތުބާރުކުރެވޭ މަގާމެއްގައި ތިބި 'ބަޔަކު' ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް!
އިތުބާރުކުރެވޭ މަގާމެއްގައި ތިބި 'ބަޔަކު' ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ 17 އަހަރުގެ އިތުބާރުކުރެވޭ މަގާމެއްގައި ތިބި ބަޔަކު ޖިންސީގޯނާ ކުރި ކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.
އެކަމަކު މިހާތަނަށް މައްސަލައިގައި އަދި ފުލުހުން މީހަކު ހައްޔަރެއް ނުކުރެއެވެ. ފުލުހުން ވިދާޅުވީ ގުޅުންހުރި އިދާރާތަކާއެކު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. މިކަން ހިނގާފައިވަނީ ނޯތް ޕޮލިސް ޒޯންގައި ހިމެނޭ ރަށެއްގައެވެ. އެޒޯންގައި ހިމެނެނީ ނ,ރ,ބ އަދި ޅ އަތޮޅެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ރަށާއި, ތުހުމަތުކުރެވޭ ފަރާތްތައްވެސް ފުލުހުން ސިއްރުކުރަނީ ކުޑަކުއްޖާގެ ރައްކާތެރި ކަމަށެވެ.
ރިއެކްޝަންސް






