ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި އަލިފާން ރޯވެ, ދެ މީހުން ފިހިއްޖެ
ތެޔޮބޯޓް އަނދަނީ: ފޮޓޯ-އެމްއެންޑީއެފް

ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ދޯންޏެއްގައި އަލިފާން ރޯވެ, ދެ މީހުން ފިހިއްޖެ

ދެ މީހުން ވަނީ ފިހިފަ

9 months ago - 10:34
Jul 1, 2025 - 10:48
Advertisement
Advertisement

ތ.ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ. އަލިފާން ނިއްވުމުގެ މަސައްކަތުގައި  އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔަރ ކޮމްޕޯނަންޓްގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގައި ދެމީހަކު ފިހި, ވިލުފުށި ސިއްޙީ މަރުކަޒުގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރެއިން އެކަކު އަލިފާން ރޯވި ދޯނީގެ ވެރިމީހާއެވެ. ބޮޑުވަރު ވެފައިވަނީވެސް އޭނާއަށް ކަމަށް ވިލުފުށިން މައުލޫމާތު ދިން ކައުންސިލް މެމްބަރަކު ވިދާޅުވިއެވެ. ފިހުނު ދެވަނަ މީހަކީ ބިދޭސީ އެކެވެ. އޭނާ ވަގުތުން މޫދަށް ފުންމާލި ނަމަވެސް ދޯނީގެ ވެރިފަރާތަށް މޫދަށް ފުންމާލެވުނީ ތަންކޮޅެއް ލަހުން ކަމަށް މައުލޫމާތު ލިބެއެވެ. ރޯވިއިރު އޭނާ ހުރީ ގެގަނޑު ތެރޭގައެވެ.

މިހާދިސާ ހިނގީ ހޯކްސްގެ ތެޔޮ ބޯޓަކުން އެދޯންޏަށް ތެޔޮ އަޅާ ނިމުނު ތަނާއެވެ. އަލިފާން ރޯވި ސީދާ ސަބަބެއް ނޭންގެއެވެ.

އެމްއެންޑީއެފްއިން ބުނީ ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 09:41 ގައި ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement