ބޭންކުން ބޮޑު ފީއެއް ނަގާތީ ހުށަހެޅީ ކުއްލި މައްސަލަ ބަލައިނުގަން!
މެމްބަރު މައުރޫފް މަޖިލިހުގައި؛ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

ބޭންކުން ބޮޑު ފީއެއް ނަގާތީ ހުށަހެޅީ ކުއްލި މައްސަލަ ބަލައިނުގަން!

9 months ago - 10:31
Jul 1, 2025 - 10:38
Advertisement
Advertisement

ދިވެހިން އާންމުކޮށް ވިޔަފާރި ކުރާ ބޭރުގެ އޮންލައިން 6 ސައިޓަކުން ޑެބިޓް ކާޑު ބޭނުންކޮށްގެ ކުރާ ކޮންމެ ވިޔަފާއިއަކަށް 30 އިންސައްތައިގެ ޗާޖެއްކުރަން ބޭންކް އޮފް މޯލްޑިވްސްއިން ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އިއްޔެ ބޭންކުން ނިންމި ނިންމުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެ ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން މަޖިލީހަށް ހުށަހެޅީ އިދިކޮޅު ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޛާކިރުއެވެ. މައްސަލަ ބަލައިގަންނަށް 11 މެމެބަރަކު ވޯޓް ދެއްވިއިރު ބަލައިގަންނަން ނުފެންނަކަމަށް 26 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކުން ބޭންކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ފޮނުވަން އެންގުމުގެ ސަބަބުން މުދާ އިމްޕޯޓްކުރާ ފަރާތްތަކަށްވެސް އިތުރު ދަތިތައް ކުރިމަތިވެފައި ވާކަމަށެވެ. އަދި މިގޮތަށް ސަރުކާރުން ނަގާ ކުއްލި ފިޔަވަޅު ތަކުގެ ސަބަބުން ޑޮލަރު ލިބުން އިތުރަށް ދަތިވާނެ ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement