މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފި
މައްސަލަ ހައްލުކޮށް މުޅިމާލެއަށް އަލުން ކަރަންޓު ދީފިއެވެ. މުޅި މާލެއިން މިއަދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެންކަމަށް ސްޓެލްކޯއިން ބުންޏެވެ.
ފުރަތަމަ ކަރަންޓްގެ ޚިދުމަތް އަލުން ދެވުނީ މާލޭގެ 75 އިންސައްތަ ސަރަޙައްދަށެވެ. އެކަމަކު އޭގެ މާގިނައިރުތަކެއް ނުވެ މުޅި މާލެއަށް އަލުން ކަރަންޓްގެ ޚިދުމަތް ވަނީ ދީފައެވެ.
ކަރަންޓްގެ ޚިދުމަތް މެދުކެނޑުމުން ސްޓެލްކޯއިން ވަނީ މަޢާފަށްވެސް އެދިފައެވެ.
ދޭތެރެއަކުން ބައެއް ސަރަހައްދު ތަކުން ކަރަންޓްގެ ޚިދުމަތް ވަގުތުކޮޅަކަށް މެދުކެނޑުނު ނަމަވެސް މުޅި މާލެއިން ޚިދުމަތް މެދުކެނޑުމަކީ ޢާއްމުކަމެއް ނޫނެވެ.
ރިއެކްޝަންސް