އުކުޅަހުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
އުކުޅަހުގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ އެވެ. ގެނބިގެން މަރުވީ 75 އަހަރުގެ އުޒުބެކިސްތާނު ފިރިހެނެކެވެ.
ފުލުހުން ބުނީ މިހާދިސާގެ ރިޕޯރޓް ލިބުނީ މިއަދު ހަވީރު 5:20 ހާއިރު ކަމަށެވެ. މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފަތުރުވެރިން ގެނބިގެން މަރުވުމާއި, ފަރުވާކުޑަކުރުމުގެ އަމަލުތަކުގެ ސަބަބުން މަރުވާ ހާދިސާތައް އިތުރުވެ, ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.
ރިއެކްޝަންސް