
ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް މުޙައްމަދު ޝަފީޤު މަހުމޫދު އައްޔަން ކުރަން މަޖިލިހުން ރުހުން ދީފި
ހިޔުމަންރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް މުޙައްމަދު ޝަފީޤު މަހުމޫދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުން ރުހުން ދީފިއެވެ.
ކޮމިޝަންގެ މެންބަރު ކަމަށް މުޙައްމަދު ޝަފީޤު މަހުމޫދު އައްޔަން ކުރެއްވުމަށް ރުހުން ދޭން ފާސްކުރެއްވީ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ އިއްތިފާޤުންނެވެ. މުޙައްމަދު ޝަފީޤު މަހުމޫދަކީ ކުރިން އެލްޖީއޭގެ ސީއީއޯ ކަމާއި ދައުލަތުގެ މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި އެއަޕޯރޓްސް ކޮމްޕެނީގެ އިސްމަގާމުތައްވެސް ފުރުއްވިއެވެ.
ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު ހަމަވާތީ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް ފޮނުއްވި ދެ ބޭފުޅެއްގެ ނަމެވެ. އޭގެތެރެއިން ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ދިނީ ޝަފީޤަށެވެ. ރައީސް ދެން ހުށަހެޅުއްވި މުޙައްމަދު ފާރިސް ތޯހާ އަށް އެއަދަދަށް މާރކްސް ލިބިފައި ނުވާތީ ކޮމިޓީން އޭނާގެ ނަން ތަޅުމަކަށް ނުފޮނުވައެވެ.
ކޮމިޓީ ރިޕޯރޓަށް ބަހުސް ކުރައްވަމުން ކޮމިޓީގެ މެމްބަރު ވައިކަރަދޫ ދާއިރާގެ ހުސައިން ޒިޔާދު ވިދާޅުވީ އައްޔަން ކުރަން ޖެހޭ އަދަދަށްވުރެ އިތުރަށް ކޮމިޓީއަށް ނަން ފޮނުއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރައްވާއިރު މަޖިލިހުގެ މެންބަރުން ކޮމިޓީތަކުގައި ފުރިހަމައަށް ބައިވެރިވުން މުހިއްމު ކަމަށެވެ.
ރިއެކްޝަންސް






