ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރަން ހަވާލުކޮށްފި
ސްޓެލްކޯ ތުލުސްދޫ ކޮމްޕްލެކްސް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-ސްޓެލްކޯ

ތުލުސްދޫ ސްޓެލްކޯ ކޮމްޕްލެކްސް އިމާރާތްކުރަން ހަވާލުކޮށްފި

2 days ago - 17:21
Mar 24, 2025 - 17:21
Advertisement
Advertisement

ކ. ތުލުސްދޫގައި އަލަށް ޤާއިމްކުރާ އިންޖީނުގެއާއި ކަސްޓަމަރ ސަރވިސް ބިލްޑިންގ އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެ ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި މަސައްކަތް ހަވާލުކުރެއްވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ރާފިއު އެވެ.

މިމަސައްކަތް ހަވާލުކުރީ 175 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 11،954،501 ރުފިޔާގެ މަޝްރޫއެއްކަމަށް ސްޓެލްކޯއިން މައުލޫމާތުދެއްވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ތުލުސްދޫއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ. އެއީ ސްޓެލްކޯ ކުންފުންޏަކަށް ވުމަށް ފަހު މާލޭ ރީޖަންގެ ޚިދުމަތް ފިޔަވާ ޚިދުމަތަށް ނެގުނު ފުރަތަމަ ރަށް ތުލުސްދޫ ކަމަށް ވާތީކަމަށް ވިދާޅުވިއެވެ.

Advertisement
Advertisement

" ތުލުސްދޫގަ މިހާރުވެސް ހިނގަމުން އެދާ ޕަވަރހައުސްއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވަރހައުސްއެއް. އެހެންނަމަވެސް މީހުން ދިރިއުޅޭ ސަރަޙައްދުގަ ހުރި ޕަވަރހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އަރބަން ސެންޓަރސްތަކާ ދުރުގަ ޕަވަރހައުސްތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވަރހައުސް މި ބަދަލުކުރަނީ އަލަށް ހިއްކިފަވާ ސަރަޙައްދަށް. އެހެންވީމަ އެކަމަށްޓަކާ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން". ފަހުމީ ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަޞީމް ވިދާޅުވީ މިއަދު ތުލުސްދޫގެ އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުމަށްޓަކާ ސޮއިކުރެވިގެންދިއުމަކީ ދާއިރާއަށް އަދި ތުލުސްދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ތުލުސްދޫ މިހާރުވެސް ފާހަގަކުރެވިފަ ވަނީ ރަށަށް ބޭނުންވާ ފެންވަރަށް ކަރަންޓު ލިބުމުގަ ކޮންމެސްވަރެއްގެ ދަތިތަކެއް ހުރި ރަށެއްގެ ގޮތުގައި ކަމަށް ވިދާޅުވިއެވެ.

" އެހެންވީމަ މި އިންޖީނުގެއާ އެއްކޮށް، ﷲގެ ރަޙުމަތްފުޅާއެކު އެ ހުރިހާކަމެއް ޙައްލުވެގެން ދާނެކަމަށް އަޅުގަނޑު މި އުއްމީދު ކުރަނީ." ނަސީމް ވިދާޅުވިއެވެ.

ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ ތުލުސްދޫގައި އާ ޕަވަރހައުސްއެއް އެޅުމުގެ އިންތިޒާރުގަ ތިބޭތާ ވަރަށްގިނަ ދުވަސްވެއްޖެ ކަމަށެވެ. ކުރިއަށް އޮތް ތަނުގަ ތުލުސްދޫއަކީ ވަރަށް ގިނަ ގެސްޓްހައުސްތައް އެޅިގެންދާނެ ތަނަކަށް ވާތީވެ، މިހާރު ބޭނުންކުރާ ކަރަންޓުގެ އަދަދު ދެގުނަޔަށް އިތުރުކުރަންޖެހޭނެކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement