
މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރު ޖެނެރަލެއް ހަމަޖައްސަވައިފި
މޯލްޑިވިއަން ބްލަޑް ސާވިސަސްއަށް ޑިރެކްޓަރު ޖެނެރަލެއް ހަމަޖައްސަވައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޑިރެކްޓަރ ޖެނަރަލްގެ މަގާމަށް ހަމަޖެއްސެވީ އަޙްމަދު މަޢުޞޫމް އެވެ. އޭނާ ކުރިން ހުންނެވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމްގައެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްއަކާއި ޑިރެކްޓަރެއްގެ މަގާމަށްވެސް ދެ ބޭފުޅަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށާއި، އަދި ފިޒީޝަނަކާއި ފަސް ނަރުހުންނާއި އެހެނިހެން އިދާރީ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތެލެސީމިއާ ސެންޓަރަށް އިއްޔެކުރެއްވި ޒިޔާރަތަށް ފަހު އެމަނިކުފާނު ވަނީ ތެލެސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގުމަށް ނިންމަވައި، އެތަނުގެ މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް އަންގަވާފައެވެ. އަދި އެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށްވެސް ނިންމަވާފައިވެއެވެ.
ތެލެސީމިއާ ސެންޓަރުގެ ކަންކަމަށް އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ފެއްޓެވީ ތެލެސީމިއާ ކުދިންނާ ބެލެނިވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ގިނަވުމުންނެވެ.
ރިއެކްޝަންސް






