
އީދު ހަވީރުގެ ތައްޔާރީތަކަށް ސަލްޓަން ޕާކު ބަންދުކުރަނީ
މާދަމާއިން ފެށިގެން އީދު ދުވަހާ ހަމައަށް ސަލްޓަން ޕާކު ބަންދުކުރާނެ ކަމަށް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ.
މިގޮތަށް ނިންމާފައި މިވަނީ ކުރިއަށް އޮތް ފިތުރު އީދުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އީދު ހަވީރުގެ ތައްޔާރީތައް ފުރިހަމަކުރުމަށްޓަކައި ބަންދުކުރި ކުރުމެއް ކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ އީދު ހަވީރަކީ ފިތުރު އީދުގެ އުފާވެރިކަން ފާހަގަކުރުމަށް އާއިލާތަކާއި ރައްޓެހިން އެއްތަނަކަށް އެއްވެ، އީދު ސަލާންކުރުމާއި އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމަށް ބާއްވާ ޚާއްޞަ ހަރަކާތެއް ކަމަށެވެ. މި ހަރަކާތް އޮންނާނީ މާލޭގެ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒު މައިދާނާއި، ޖުމްހޫރީ މައިދާނު އަދި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށް ތައްޔާރުކުރެވޭ ބޮޑު ސަރަހައްދެއްގައިކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި ހަރަކާތް އިންތިޒާމުކުރަނީ ދިވެހި ސިފައިންނާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކުގައެވެ. މިނިސްޓްރީން އިތުރަށް ވިދާޅުވީ ސަލްޓަން ޕާކު ބަންދުކުރުމަކީ އީދު ހަވީރުގެ ތައްޔާރީތައް ފުރިހަމަކޮށް، ރައްޔިތުންނަށް ރައްކާތެރި އަދި އުފާވެރި މާހައުލެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓްރީން ރައްޔިތުންނަށް އިލްތިމާސްކުރެއްވީ ސަލްޓަން ޕާކު ބަންދުކުރެވިފައިވާ މުއްދަތުގައި އެ ސަރަހައްދަށް ނުވަދެ ތިބުމަށާއި، އީދު ހަވީރުގެ ތައްޔާރީތަކަށް އެއްބާރުލުން ދިނުމަށެވެ.
ރިއެކްޝަންސް






