ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ  ރާއްޖެއަކަށް އެދެން- ރައީސް
ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ-ރައީސް އޮފީސް

ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ ރާއްޖެއަކަށް އެދެން- ރައީސް

26 days ago - 23:36
Advertisement

ޑިޖިޓަލް އީޖާދުތަކުން ޒުވާނުން ބާރުވެރިވެފައިވާ  ރާއްޖެއަކަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ އދ.ގެ މައި އިދާރާގެ އާންމު މަޖިލީހުގެ ހޯލުގައި ކުރިޔަށްދިޔަ ސަމިޓް އޮފް ދަ ފިއުޗަރ ހުޅުވުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދީ ފުރުޞަތުތައް އިތުރު، އިޖުތިމާޢީ ހަމަހަމަކަން ވެސް ޤާއިމުވެފައި އޮންނަ ރާއްޖެއެއްގެ ގޮތުގައި މުސްތަޤުބަލުގައި ފެނިގެންދިއުމަށް އެދިވަޑައިގަންނަވާކަމަށެރަވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަލްޓިލެޓަރަލް ނިޒާމަކީ ހަމައެކަނި ކަނޑައެޅިފައި އޮންނަ ކޮންސެޕްޓެއްގެ ބަދަލުގައި އެއީ ދުނިޔެއަށް ކުރިމަތިވެފައިވާ އެކި މައްސަލަތަކުގައި ޢަމަލީގޮތުން މަސައްކަތްކުރެވޭ ނިޒާމަކަށް ވާންޖެހޭކަމުގައި ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މަލްޓިލެޓަރަލް ނިޒާމު އިތުރަށް ހަރުދަނާކޮށް އެދެވޭ ނަތީޖާ ނެރެވޭނެ 3 ގޮތެއް ފާހަގަ ކުރައްވާފައެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ޒުވާނުން ބާރުވެރިކުރުމުގެ މުހިންމުކަމެވެ. އަދި ޒުވާނުން ޝައުޤުވެރިކުރުވައި އެމީހުންގެ ބައިވެރިވުން ލިބޭގޮތަށް ޤަރާރުތަކާއި އެއްބަސްވުންތައް ހެދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ސިޔާސަތުތައް އެކުލަވާލުމުގައި ޒުވާނުންގެ ބައިވެރިވުން ހިމެނުމަށާއި އެމީހުންގެ ހުރި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް ރާއްޖެއިން ކުރާ މަސައްކަތްތައް ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

Advertisement

ދެވަނަ ކަމަކަށް ފާހަގަކުރެއްވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ދުނިޔޭގެ 62 އިން ސައްތަ ޒުވާނުންނަށް އަސަރުކުރާ މައްސަލައެއްކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތައް ފާހަގަކުރައްވައި އެހެން ހުރިހާ ޤައުމުތަކުން ވެސް އެގޮތަށް އެޤައުމުތަކުގެ ޒިންމާ އަދާކުރެއްވުމަށް އެދިވަޑައިގެންފައެވެ.

ތިންވަނަ ކަމަކަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ ރަނގަޅު ނަތީޖާތަކެއް ނެރުމަށް މާލީ ވަޞީލަތްތަކުގެ މުހިންމުކަމެވެ. ދެމެހެއްޓެނިވި ތަރައްޤީއަށާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭނުންވާ މާލީ ކަންކަމުގެ ބޭނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހުރިހާ ފަރާތްތަކަށް ބޭނުންހިފޭފަދަ މާލީ ނިޒާމެއް ބޭއްވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މުސްތަޤުބަލުގެ ޖީލުތަކުން ބަލާނީ ކަމެއް ކުރުމަށް ހަމަޖެއްސި އިންތިޒާމުތަކަށްވުރެ ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަކާމެދު ނިންމި ހަރުދަނާ ނިންމުމަކަށް ކަމުގައެވެ. އެހެންކަމުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓާލުމަށާއި އެމީހުންގެ އިންސާނީ ކަރާމާތް ނަގާލަމުންދާ މީހުންނާ މެދު ފިޔަޅު އެޅުމަށާއި ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement